ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 07:04
މެކްއަލިސްޓާ
މެކްއަލިސްޓާ
ރޮއިޓާރސް
ލިވަޕޫލް
ލިވަޕޫލުން ކުރި އެޕީލް ބަލައިގަނެ، މެކްއަލިސްޓާގެ ސަސްޕެންޝަން އުވާލައިފި
 
މެކްއަލިސްޓާ އަށް ރަތް ކާޑު ދައްކާފައިވަނީ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި

ލިވަޕޫލުން ކުރި އެޕީލް ބަލައިގަނެ، އެލެކްސިސް މެކްއަލިސްޓާގެ ސަސްޕެންޝަން އުވާލައިފިއެވެ.

ހޮނިހިރު ދުވަހު ބޯންމައުތު ކައިރިން 3-1 ން މޮޅުވި މެޗުގައި މެކްއަލިސްޓާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ރަޔަން ކްރިސްޓީ އަށް ކުރި ފައުލް އަކާ ގުޅިގެނެވެ. އެ ރަތް ކާޑާއެކު، މެކްއަލިސްޓާ ތިން މެޗަށް ސަސްޕެންޑްވާ ގޮތަށް އޮތުމުން ލިވަޕޫލުން ވަނީ އެޕީލް ކޮށްފައެވެ.

ލިވަޕޫލުން ބުނެފައިވަނީ އެއީ ސީދާ ރަތް ކާޑެއް ދައްކާ ވަރުގެ ފައުލް އެއް ނޫންކަމަށެވެ. އެ ނިންމުމާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗު، ޔާގަން ކްލޮޕްވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ލިވަޕޫލުން އެޕީލް ކުރުމާއެކު ފުޓްބޯލް އެސޯސިއޭޝަންގެ އިންޑިޕެންޑެންޓް ރެގިއުލޭޓަރީ ކޮމިޝަނުން ވަނީ މައްސަލަ ބަލައި، ސަސްޕެންޝަން އުވާލާފައެވެ.

ސަސްޕެންޝަން އުވާލުމާއެކު، މެކްއަލިސްޓާއަށް ކުރިޔަށް އޮތް މެޗު ކުޅެވޭނެއެވެ. ކުރިޔަށް އޮތް ނިއުކާސަލް މެޗުވާނީ ލިވަޕޫލް އަށް މުހިންމު، އުނދަގޫ މެޗަކަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
50%
0%
ކޮމެންޓް