ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 19:13
ބޯންމައުތު މެޗުގައި މެކަލިސްޓާއަށް ރަތް ކާޑު ދެއްކުން
ބޯންމައުތު މެޗުގައި މެކަލިސްޓާއަށް ރަތް ކާޑު ދެއްކުން
ރޮއިޓާސް
ލިވަޕޫލް
މެކަލިސްޓާއަށް ދެއްކި ރަތް ކާޑާ ދެކޮޅަށް ލިވަޕޫލުން އެޕީލްކުރަން ނިންމައިފި
ރަތް ކާޑުގެ ސަބަބުން މެކަލިސްޓާ ތިން މެޗަށް ސަސްޕެންޑްވާނެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތު ކައިރިން 3-1ން މޮޅުވި މެޗުގައި މެކަލިސްޓާއަށް ދެއްކި ރަތް ކާޑާ ދެކޮޅަށް އެޕީލްކުރަން ލިވަޕޫލުން ނިންމައިފިއެވެ.

އެންފީލްޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގެ 58 ވަނަ މިނެޓުގައި ރަޔަން ކްރިސްޓީއަށް ކުރި ފައުލަކާ ގުޅިގެން މެކަލިސްޓާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ސީދާ ރަތް ކާޑެއް ދައްކާފައިވުމާއެކު، އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ތިން މެޗަށް ސަސްޕެންޑް ވާނެއެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެއީ ހަރުކަށި ކަމެއް ކަމަށާއި، މެކަލިސްޓާ ފޮނުވާލުމާއެކު އޭނާގެ ޓީމަށް އެކަށީގެންވާ އަދަބެއް ލިބިފައިވާ ކަމަށެވެ. "މެޗް އޮފް ދަ ޑޭ"ގެ ހޯސްޓް ގެރީ ލިނެކަރ ވަނީ މި ނިންމުމަކީ "ބޭކާރު" ނިންމުމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ސިފަކޮށްފައެވެ.

ޑޮމިނިކް ސޮބޮސްލާއިއަށް ޖޯ ރޮތުވެލް ކުރި ފައުލަކާ ގުޅިގެން ފުރަތަމަ ހާފުގައި ލިވަޕޫލަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. މި ދެ ނިންމުންވެސް ރެފްރީ ތޯމަސް ބްރަމަލް ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ ނުފޫޒެއް ނެތިއެވެ. ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް)ގެ ޗީފް ރެފްރީ އޮފިސަރު ހޮވާޑް ވެބް މިދިޔަ ހަފުތާގައި ވިދާޅުވީ، އޮފިޝަލުން ބޭނުންވަނީ "ވީހާވެސް ކުޑަކޮށް ނުފޫޒު ފޯރުވަން" ކަމަށެވެ.

ޕްރިމިއަރ ލީގުގެ ދެ ހަފުތާގެ ކުޅުން ނިމުނުއިރު، ރެފްރީންގެ ނިންމުންތަކާމެދު އެކި ޓީމުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

- ކޮމެންޓް