Advertisement
ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 12:04
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުން
ދެން އަންނަ ދައުރެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް ހައްލުކުރުމަށް ވޯކް-އިން ސެންޓަރުތަކާއި ޑްރޮޕް-އިން ސެންޓަރުތައް ޤާއިމްކުރާނެ - ޝަމާއު
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވި
ކުރިއަށް އޮތްތަނުގައި ޖަމިއްޔާތަކާއި ގުޅިގެން އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަަމަށް ވިދާޅުވި
ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ޝަމާއު ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް ހައްލުކުރުމަށް ވޯކް-އިން ސެންޓަރުތަކާއި ޑްރޮޕް-އިން ސެންޓަރުތައް ޤާއިމްކުރައްވާނެ ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ އުފާވެރި އަމާން ރާއްޖެ، އެމްޑީޕީ މެނިފެސްޓޯ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ޝަމާއު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ޖަމިއްޔާތަކާއި ގުޅިގެން އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކު ރަނގަޅުވާން ބޭނުންވާ ނަމަ އެ ފުރުސަތު ކުރިއަށް އޮތްތަނުގައި ވަރަށް ފުޅާވެގެންދާނެ ކަަމަށެވެ. އެގޮތުން ވޯކިން ސެންޓަރުތަކާއި ޑްރޮޕިން ސެންޓަރުތަކަކީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާ މީހާ އަލުން އެކަމަށް ހުށަހެޅިދާނެހެން ހީވުމުން އެކަމަށް ވެސް ފަރުވާ ހޯދަން ފަސޭހައިން ދެވޭނެ ފަދަ ތަންތަނަށް ކުރިއަށް އޮތްތަނުގައި ވެގެންދާނެ ކަަމަށް ޝަމާއު ވިދާޅުވިއެވެ.

Advertisement

މި ސަރުކާރުން ވަނީ ރީ އިންޓަގްރޭޝަން ޓެސްޓްކޮށްފައި ކަމަށާއި، އެ މަރުހަލާ ވަރަށް ކާމިޔާބު ކަމަށް ޝަމާއު ވިދާޅުވިއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މާފުށީ ޖަލުގައި ވަކިން ޚާއްސަ ޕްރޮގްރާމެއް އެކުލަވާލާ މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ކުށްވެރިންނަށް އެހީތެރިވެފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. އެ ޕްރޮގްރާމަށް ފަހު 45 މީހުން ޕެރޯލްގެ ދަށުން ޝަރުތުތަކާއެކު މުޖުތަމައަށް ދޫކޮށްލި ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ޝަމާއު ވަނީ ފާހަގަކުރައްވާފައެވެ. ސަބަބަކީ އެ 45 މީހުންގެ ތެރެއިން 42 މީހުން މިހާރު ތިބީ ދާއިމީ ވަޒީފާގައި ކަމަށްވުން ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގައި މުޖުތަމައުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މުޖުތަމައަށް މީހުން އަނބުރާ ނެރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން އަދި މުޖުތަމައުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުން ކަަމަށް ވާއިރު، އަދިވެސް އެ ފަދަ ކަންކަމުގައި މުޖުތަމައުގެ ވިސްނުން ބަދަލުކުރަން މަސައްކަތްތަކެއް ކުރަން ޖެހޭކަން ޝަމާއު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިހާރު އެކަމަށްޓަކައި އެކުލަވާލަން ޖެހޭ ޕްލޭންތައް ވެސް އެކުލަވާލާފައިވާ ކަމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެކު ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް