ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 12:11
ޕީޕީއެމްގެ ވެރިކަމުގައި ކުރި މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަނީ
ޕީޕީއެމްގެ ވެރިކަމުގައި ކުރި މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަނީ
މުހައްމަދު ޝަރުހާން
އަނިޔާވެރިކަން
ޕީޕީއެމްގެ ވެރިކަމުގައި ތަހައްމަލްކުރި އަނިޔާވެރިކަން އެހެން އެއްވެސް އާއިލާއަކުން ތަހައްމަލްކުރާކަށް ނޭދެން - ރައީސް
އިންސާނިއްޔަތާއި ހިލާފު އަނިޔާދިނުމަކީ ކޮށްގެންވާނެކަމެއް ނޫން
އަޅުގަނޑު ޖަލަށްލާ އެތަނުގެ ކުޑަގޮޅިއެއްގައި ބައިންދައިގެން އެކަމާއި ކަންބޮޑުނުވޭ
އަޅުގަނޑުމެންގެ އާއިލާތައް، ތިބޭފުޅުންގެ އާއިލާތައް ތަހައްމަލުކުރަންޖެހޭ ދަތި އުނދަގޫ އެއީ އަޅުގަނޑުމެންނަށް ދެން އަނބުރާ ބޭނުންވާނެކަމެއް ނޫން

ޕީޕީއެމްގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަނީ، އަނެއްކާވެސް އާއިލާތަކުން އެ އަނިޔާވެރިކަން ތަހައްމަލްކުރަން އެދިވަޑައިނުގަންނަވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޙަޤީޤަތްތައް ރައްޔިތުންނަށް ހާމަކޮށްދީ އަނޔާވެރިކަމާއި، ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުން ނުވާ ސަބަބުތައް ކިޔައިދެއްވަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރުގައި އަނިޔާ ލިބިފައިތިބި އެތައް ބައެއް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކަންމަތީ ޖަލްސާއިންވެސް ފެންނަން ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް އާއިލާއެއްގެ އެއްވެސް މީހަކު ޕީޕީއެމްގެ ވެރިކަމުގެ އެ އަނިޔާވެރިކަން ތަހައްމަލުކުރާތަން ދެކޭކަށް ނޭދޭނެ ކަަމަށެވެ. ސިޔާސީ ކަންތައްތަކުގައި އުޅޭއިރުގައި ބައެއް ފަހަރު ކަންކަން ދިމާވާނެ ކަމަށާއި، އެހެންނަމަވެސް، އިންސާނިއްޔަތާއި ޚިލާފު އަނިޔާ ދިނުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިތައް އާއިލާއަށް، ކިތަށް ދަރިންނަށް، ކިތަށް ބަފައިންނަށް، ކިތަށް މައިންނަށްތޯ އަނިޔާ ލިބުނީ. އަޅުގަނޑު މި ވާހަކަ ދައްކަނީ އަޅުގަނޑު ޖަލަށްލާ އެތަނުގެ ކުޑަގޮޅިއެއްގައި ބައިންދައިގެން އެކަމާއި ކަންބޮޑުވެގެން ނޫން. އަދިވެސް އަޅުގަނޑުމެންނަށް ތިބެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އާއިލާތައް، ތިބޭފުޅުންގެ އާއިލާތައް ތަހައްމަލުކުރަންޖެހޭ ދަތި އުނދަގޫ އެއީ އަޅުގަނޑުމެންނަށް ދެން އަނބުރާ ބޭނުންވާނެކަމެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން ކުރީ ދުވަހަށްވުރެ ބޮޑަށް މަސައްކަތް ކުރެއްވުމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސުލްހައާއި އަމާންކަމަށްޓަކައި މަސައްކަތްކޮށްދެއްވުމަށާއި، އިރާދަކުރެއްވިއްޔާ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރެއްވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް