ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 07:16
އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު)
އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު)
އެމްޑީޕީ
އެމްޑީޕީ ކަންމަތީ ޖަލްސާ
ރައީސް ޞާލިހަށް ތާއީދުކުރީ ޑްރަގުގެ ގޭންގުތަކުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް ހޯރައަޅަމުންދާތީ އެކަމުން ގައުމު ސަލާމަތްކުރަން: މާޒް ސަލީމް
ރައީސް ޞާލިހު ސިޔާސީ މީހުންގެ ފަހަތުން ގޮސް އެމީހުން ހައްޔަރުކޮށް ޖަލަށްލާފައިނުވާކަމަށް މާޒް ސަލީމް ވިދާޅުވި
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަރުކާރެއް އުފެދިއްޖެނަމަ ޑްރަގުގެ ގޭންގުތަކުން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ފައި ހިއްޕާލާނެކަމަށާއި އެތަން ފެނިވަޑައިގަންނަވާކަމަށް މާޒް ސަލީމް ވިދާޅުވި

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު) އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހަައްމަދު ޞާލިހަށް ތާއީދުކުރައްވަން ނިންމެވި ސަބަބުތައް ވިދާޅުވެދެއްވައިފިއެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ސޯސަން މަގު ޖަގަހަ ކުރިމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާޒް ސަލީމު ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަން ޖެހިވަޑައިގެންނެވި ފުރަތަމަ ސަބަބަކީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުންކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ހުރިހާ ވެރިން ޖަލަށް ލީކަމަށާއި ކިރިޔާވެސް އިދިކޮޅަށް ވާހަކަ ދެއްކި މީހަކުވެސް ގެންގޮސްލީ ޖަލަށްކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

ނަމަވެސް މިފަސް އަހަރުގެ ތެރޭގައި ރައީސް ޞާލިހު ސިޔާސީ މީހުންގެ ފަހަތުން ގޮސް އެމީހުން ހައްޔަރުކޮށް ޖަލަށްލާފައިނުވާކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

ރައީސް ޞާލިހަށް ތާއީދުކުރަން ނިންމެވި ދެވަނަ ސަބަބަކީ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގު ގޭންގުތަކުން ހޯރައަޅަމުންދާދިޔުންކަމަށް މާޒް ސަލީމް ވިދާޅުވިއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަރުކާރެއް އުފެދިއްޖެނަމަ ޑްރަގުގެ ގޭންގުތަކުން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ފައި ހިއްޕާލާނެކަމަށާއި އެތަން ފެނިވަޑައިގަންނަވާކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

އިދިކޮޅު ކެންޑިޑޭޓާއި ރަނިންގމޭޓް ތަންތަނަށް ވަޑައިގަންނަވާއިރު ފަހަތުގައި ތިބެނީ ކޮންބައެއްތޯ މާޒް ސަލީމް ވަނީ ސުވާލުކުރައްވާފައެވެ.

ތިބޭފުޅުނަށް ފެނިވަޑައިގަންނަވާނެ އިދިކޮޅޮގެ ކެންޑިޑޭޓާއި ރަނިންމޭޓް ތަންތަނަށް ވަޑައިގަންނަވާއިރު ފަހަތުގައި ކޮންބައެއްތޯ އެތިބެނީ. ފަހަތުގައި ކޮންބައެއްތޯ އެތިބެނީ ކޮންބައެއްތޯ އެމީހުންނަށް ހަރަދުކުރަނީ. ކެމްޕެއިނަށް ދުއްވާ ލޯންޗުތައް އެއީ ކޮންބައެއްގެ ލޯންޗުތަކެއްތޯ. ވަރަށް ސާފު އަޅުގަނޑުމެންނަށް. އެގޭންގުތަކުގެ ލޯންޗުތައް މިއީ. އެހެންވެ މިދަންނަވަނީ މިއީ ވިސްނާލަންޖެހޭ ކަންކަމޭ އެއީ.
އަހުމަދު ސަލީމް (މާޒް ސަލީމު)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ސަލީމް ވަނީ ޔާމީން ސަރުކާރުގައި ގޭންގުތަކުގެ ބާރު އޮތް މިންވަރު ހާމަކުރެއްވުމުގެ ގޮތުން އެފަދަ ހާދިސާއެއްވެސް ވިދާޅުވެ ދެއްވާފައެވެ.

އަޅުގަނޑު ހަމަ ހިއްސާކޮށްލަން ބޭނުން ގޭންގުތަކުގެ ވާހަކަ ދައްކާލީމާ އަޅުގަނޑަށް ހަމަ އުނދަގޫވާވަރުން މިވާހަކަ ހިއްސާކޮށްލަން ބޭނުން. އެކަމަކު އަޅުގަނޑު މިއީ އެއް ސަރުކާރެއްގައި ހުރެ ނުކުމެ އަނެއް ސަރުކާރެއްގެ ވާހަކަ ދައްކަން ބޭނުންވާވެސް މީހެއް ނޫން. އެކަމަކު ހަމަހަގީގަތުގައި މިވާހަކަ ހިއްސާކޮށްލަން ބޭނުންވޭ ތިބޭފުޅުންނާ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ހުސްވެގެން ފަނޑިޔާރުންނަށް އިއުލާންކުރީމާ ގޭންގުތަކުން ފުލުހުންނަށް އިންޒާރުދެނީ މިފަހަރު ތިމަންނަމެންގެ މީހެކޭ އެ ގޮނޑިއަށް ލާނީ. މިވަރަށް ސީރިއަސް ވާހަކައެއް މިއީ. އަޅުގަނޑު ފުލުހުން ކައިރީގައި ބުނިން ގެނެސްދޭށޭ ލާންއުޅޭ މީހެއްގެ ނަން އިންޓެލިޖެންސުން ބަލައިގެން. ގެނައީމާ އަޅުގަނޑުމެން ގޮސް އުއްތަމަ ފަނޑިޔާރު ކައިރީގައި އިށީންދެފައި އަޅުގަނޑުމެން ބުނިން މީނަ ލިޔަ ނުދެއްޗޭ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އެސަރުކާރު މިއަދު އައިސިއްޔާ ކާކުތޯއޭ ޒިންމާނަގާނީ. މިއީ ވަރަށް ސީރިއަސް ވާހަކައެއް މިއީ. މިމީހުންގެ ރޭވުންހުރީ މިގޮތަށް ސަރުކާރުގެ ތެރެއަށް މިކަޅު ވިލާގަނޑު ވައްދަން.
އަހުމަދު ސަލީމް (މާޒް ސަލީމު)

މާޒް ސަލީމު އިތުރަށް ވިދާޅުވީ މިސަރުކާރު ދެކެ އިދިކޮޅުން އެންމެ ބިރު ގަންނަ ކަމަކީ ޑްރަގު ހިފައިގެން ރާއްޖެ އަންނަ ބޯޓުފަހަރު އަތުލައިގަންނާތީކަމަށެވެ. ސަރުކާރުން މިސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެބޯޓުތައް ވަނަނުދީ ޑްރަގު އަތުލައިގަންނަމުންދާކަމަށް މާޒް ސަލީމު ވިދާޅުވިއެވެ. ސަލީމު ވިދާޅުވީ އިދިކޮޅު ޕާޓީ ގޭންގުތަކުން ކޮންޓްރޯލްކުރަމުންދަނީ ޑްރަގު ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށެވެ.

- ކޮމެންޓް