ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 08:04
މެެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާ ފާޅުކުރަނީ
މެެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާ ފާޅުކުރަނީ
ރޮއިޓާރސް
އިނގިރޭސި ޕްރިމިއާ ލީގު
ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލަށް ރަނގަޅު ފެށުމެއް
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިން

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، އާސެނަލުން ލީގު ފެށުން ރަނގަޅު ކޮށްފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗު ފަށައިގެން 26 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ގަބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލަށް ލީޑު ނަގައިދިނީ އެޑީ އެންކެޓިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލަށް ލީޑު ފުޅާ ކޮށްދިނީ ބުކަޔޯ ސަކާ އެވެ. އެއީ ވިލިއަމް ސަލީބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ފޮރެސްޓުގެ ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ ޓައިވޯ އަވޯނިޔީ އެވެ. އޭނާ އެ ލަނޑު ޖެހީ އެންތަނީ އެލަންގާ ދިން ބޯޅަ އެއް އާސެނަލްގެ އޭރިޔާ ތެރޭ ހުރެ ގޯލަށް ވައްދާލައިގެންނެވެ.

ލީގުގެ އެހެނިގެން މެޗުތަކަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބްރައިޓަން ވަނީ 4-1 އިން ލުޓޯން ޓައުންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެވަޓަން އާއި ފުލަމް ބައްދަލުކުރި މެޗު ފުލަމް އިން ކާމިޔާބު ކުރިއިރު، ކްރިސްޓަލް ޕެލެސް ވަނީ 1-0 އިން ޝެފީލްޑް ޔުނައިޓެޑު ބަލިކޮށްފަ އެވެ. ނިއުކާސަލް އިން ވަނީ 5-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.

- ކޮމެންޓް