ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 07:50
ޖިއަންލުއިޖީ ބުފޮން
ޖިއަންލުއިޖީ ބުފޮން
ގެޓީ އިމޭޖަސް
ބުފޮން
ބުފޮން ކުޅުން ހުއްޓާލަނީ
45 އަހަރުގެ ކީޕަރުވަނީ 28 އަހަރު އެންމެ މަތީ ފެންވަރުގައި ކުޅެފައި

އިޓަލީގެ ކުރީގެ އެއްވަނަ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 45 އަހަރުގެ ކީޕަރު އޭނާގެ 28 އަހަރުވީ ފުޓްބޯޅަ ކެރިއެރު ނިމުމަކަށް ގެންނަން ނިންމީ ގާތްގާތުގައި ލިބެމުންދިޔަ ހާނިއްކަތަކުގެ ސަބަބުން މުޅިން ފިޓްކޮށްހުރުމަށް ދަތިތަކާ ކުރިމަތިވުމުންނެވެ.

އޭނާ މިހާރު ކުޅެމުންދަނީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ޕާމާ އަށެވެ. މިއީ 1995 ވަނަ އަހަރު އޭނާ ފުޓްބޯޅަ ކުޅެން ފެށި ކުލަބެވެ. އެކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2024ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް މި ކޮންޓްރެކްޓް ބާތިލްކުރަން އޭނާގެ އެޖެންޓް ދެ ދުވަހެއްގެ ތެރޭގައި ޕާމާގެ އިސް އޮފިޝަލުންނާ ބައްދަލުކުރާނެ ކަމަށް އިޓަލީގެ ނޫސްތަކުން ބުނެ އެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ކީޕަރު ކަމަށްވާ ބުފޮން ކުޅުން ހުއްޓާލަން ނިންމީ ސައޫދީ އަރަބިއްޔާގެ ލީގުގައި ކުޅެން ފުރުސަތު ލިބިފައިވަނިކޮށެވެ.

އޭނާ އަކީ އިޓަލީގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ދެ ފަހަރެއްގެ މަތިން އިޓަލީގެ ޔުވެންޓަސް އަށް ކުޅެ ލީގު 10 ފަހަރު ކާމިޔާބުކުރި އެވެ. ދެ ވަނަ ފަހަރަށް ޕާމާ އަށް ބަދަލުވުމުގެ ކުރިން ފްރާންސްގެ ޕީއެސްޖީ އަށް ވެސް ދެ ސީޒަނެއްގައި 17 މެޗު ކުޅެދިނެވެ. ބުފޮން ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ އަށް ކާމިޔާބުކޮށްދީ އެ މުބާރާތުގެ މޮޅު ކީޕަރުގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އިޓާލިއަން ލީގުގެ މޮޅު ކީޕަރުކަން 13 ފަހަރު ހޯދި ނަމަވެސް އޭނާ އަށް ހާސިލްކުރެވުނު ތައްޓަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތެވެ.

- ކޮމެންޓް