ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 15:57
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ކުނި ވަކި ކުރުން
ކުނި ވަކި ކުރުމަށް އާންމުން އަނެއްކާވެސް އިތުރަށް ސަމާލުވާންޖެހޭ: ވެމްކޯ
 
ކުނި ވަކިނުކޮށް ހުރުމުން ދަތިތަކާއި ދިމާވޭ

މިދިޔަ އަހަރުގެ ޖޫން މަހު ކުނި ވަކިކުރުމުގެ މަސައްކަތް ފަށައިގަތްއިރު ރަނގަޅު ކަމަށާއި އެހެންނަމަވެސް މިހާރު އާންމުން އަނެއްކާވެސް އިތުރަށް ސަމާލުވާންޖެހޭ ކަމަށް ވެމްކޯގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ މިހެންވުމުން ދަތިތަކާއި ދިމާވާ ކަމަށެވެ. ތިލަފުއްޓާއި ހަމައަށް ކުނި ގެންދާއިރު ކުނި ވަކި ގޮތަކަށް ވަކިކުރެވިފައި ހުންނަންޖެހޭ ކަމަށެވެ. ކުރިން ވަކިގޮތަކަށް ކަންތައްތައް ކުރިކަމަށް ބުނެ މިހާރު އޮތް ގޮތަށް ކަންތައްތައް ނުކުރާކަމަށް ވާނަމަ ކުނި ވަކިކުރާ އެހެން ޤައުމުތައް ހުރި ހިސާބަށް ރާއްޖެ ވާސިލްވުމަށް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ. ގޭބީސީތަކާއި ހަމައިން މިކަން ފަށައިގަތުމުން، ރާއްޖެ ބޭނުންވާ ސާފުވެއްޓަށް ދިޔުމަށް މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިނާން އިތުރަށް ވިދާޅުވީ ވެމްކޯއިން އެކަނި މިކަންތައްތައް ކޮށްގެން އަމާޒަށް ވާސިލްވުމަށް އުނދަގޫވާނެ ކަމަށެވެ. އަންނަން އޮތް ޖީލުތަކަށް ސާފުވެއްޓެއް ފޯރުކޮށްދޭން ބޭނުންވާނަމަ އެންމެން އެއްކޮށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ސިނާން މިފަދައިން ވިދާޅުވެފައިވާއިރު ކުނި ވަކިނުކޮށް ކުނި ގެންދާ ޕްރައިވެޓް ކަލެކްޓަރސް ޖޫރިމަނާކުރުމަށް ވެސް ވެމްކޯ އިން ވަނީ ނިންމާފައެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ ފީ ސްޓްރަކްޗަރ އަށް ގެނެވުނު ބަދަލާއެކު ގަވާއިދާ އެއްގޮތަށް ކުނި ވަކިކޮށްގެން ނުގެންނަ ފަރާތްތައް 1،000 ރުފިޔާގެ ޗާޖެއް ބިލަށް އިތުރުކުރެވިގެންދާނެ ކަމަށެވެ. މި އަދަދުވެސް އިތުރުކުރެވިގެންދާނީ ސްޓެލްކޯގެ ކަރަންޓު ބިލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
50%
0%
50%
ކޮމެންޓް