ކ. މާލެ
|
19 ޖުލައި 2023 | ބުދަ 13:42
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ފުއްގިރި މައްސަލަ
ފުއްގިރި މައްސަލަ: ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް މާދަމާ
ދައުލަތުން ބުނެފައިވަނީ އަހުމަދު ސިޔާމްއާއި އަލީ މައުރޫފުގެ ހެކިބަސް އިތުރަށް ނަގަން ބޭނުން ނުވާކަމަށް
އަހުމަދު ޝާކިރުއާއި، މުހައްމަދު ހުސައިންފުޅު ވަނީ ހެކިބަސް ދޭން ބޭނުންނުވާކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައި

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އަހުމަދު ސިޔާމްއާއި އަލީ މައުރޫފުގެ ހެކިބަސް އިތުރަށް ނަގަން ބޭނުން ނުވާކަމަށެވެ.

Advertisement

އޭގެ އިތުރުން، ދައުލަތުގެ ހެތްކެއްކަމަށްވާ އަހުމަދު ޝާކިރުއާއި، މުހައްމަދު ހުސައިންފުޅު ވަނީ ހެކިބަސް ދޭން ބޭނުންނުވާކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. ދައުލަތުންވެސް ވަނީ އެމީހުންގެ ހެކިބަސް ނަގަން އިތުރަށް ބޭނުން ނުވާކަމަށް ބުނެފައެވެ.

ވުމާއެކު، ދެން ތިބޭނީ ދައުލަތުގެ ދެ ހެތްކެކެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ އަހުމަދު އާމިރެވެ. އޭނާއަކީ އެމްއެންޑީއެފްގައި އެސްޕީޖީގައި އޭރު ނައިބްރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓުުމުގައި ޙަރަކާތްތެރިވި އޮފިސަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް