ކ. މާލެ
|
19 ޖުލައި 2023 | ބުދަ 07:29
ވެމްކޯ ކުނި އުކާލުން
ވެމްކޯ ކުނި އުކާލުން
ރާއްޖެއެމްވީ
ވެމްކޯ
ކުނީގެ ބިލް ޓައިކުރުމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބެނީ ވަރަށް ޕޮޒިޓިވް ރެސްޕޯންސެއް: ވެމްކޯ
 
ސްޓެލްކޯ ބިލްގައި ކުނީގެ ފީ ހިމެނުމުން، މިއީ ރައްޔިތުންނަށް މުޅިން އައު ކަމެއް

ކުނީގެ ބިލް ޓައިކުރުމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ރެސްޕޯންސެއް ލިބެމުންދާ ކަމަށް ވެމްކޯގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ ސްޓެލްކޯ ބިލްގައި ކުނީގެ ފީ ހިމެނުމުން، މިއީ ރައްޔިތުންނަށް މުޅިން އައު ކަމެއް ކަމަށެވެ.

ބިލްޓައި އާއެކު މުޅި މާލެއަށް ރަސްމީކޮށް ޚިދުމަތްދެވިގެންދާކަން ފާހަގަކުރައްވާ ސިނާން ވިދާޅުވީ މީގެކުރިން ބިލް ޓައިނުކުރާއިރު މާލޭގައި 50،000 ވަރަކަށް ގޭބީސީ ހުންނަ ކަމަށާއި އޭގެ ތެރެއިން ހިދުމަތް ދެމުންދިޔައީ ރަޖިސްޓްރީކުރި 14،000 ކަސްޓަމަރުންނަށް ކަމަށް ވެމްކޯއިން ބުނި ކަމަށެވެ. އެހެންނަމަވެސް މިހާރު ބިލް ޓައިއާއެކު ގިނަ ގޭބީސީއަކަށް ހިދުމަތްދެވި، ވެމްކޯއަށް ލިބެންވާ ފައިސާ ލިބެމުންދާ ކަމަށް ސިނާން ވިދާޅުވިއެވެ.

ސިނާން އިތުރަށް ވިދާޅުވީ މިއީ މުސްތަޤްބަލުގައި ކުންފުންޏަށް ވެސް އަދި ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ބަދަލެއް ކަމަށެވެ.

ބިލް ޓައިކުރުމުން އެންމެ ބޮޑު ލުއިފަސޭހަ އަކީ ވެމްކޯ އަށް ކުނި ނެގޭނެކަން ޔަޤީން ކުރެވުން ކަމަށް އެ ކުންފުނިން ބުނެއެވެ. ބިލް ޓައިކުރުމަކީ، އެއް ޔުޓިލިޓީ ހިދުމަތުގެ ބިލު އަނެއް ޔުޓިލިޓީ ހިދުމަތުގެ ބިލުގައި ހިމަނައިގެން ބިލު ކުރުމެވެ. މިއަހަރުގެ ޖޫން މަހުން ފެށިގެން  ވަކި ގޭބިސީ ނުވަތަ ވަކި އެޕާޓުމަންޓެއްގައި ސްޓެލްކޯއިން ހަރުކޮށްފައިވާ ކަރަންޓު މީޓަރަށް ހަދާ ކަރަންޓު ބިލާއެކު ކުނި އުކާލުމުގެ ހިދުމަތުގެ ފީ ވަނީ ޓައިކޮށްފައެވެ.

ވެމްކޯގެ ބިލް ކަރަންޓު ބިލުގެ ތެރޭގައި ހިމެނިގެންދިއުމާއެކު ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ގޭބީސީއެއް ވަނީ ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވެފައެވެ. މިހާރު ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވަނީ 24،000 ގޭބީސީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް