ކ. މާލެ
|
2 މެއި 2023 | އަންގާރަ 08:47
ފޭދޫ ފިނޮޅު
ފޭދޫ ފިނޮޅު
ގޫގުލް
އެކްސިޑެންޓެއް ހިނގުން
ފޭދޫ ފިނޮޅު ކައިރީގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ދެ މީހެއްގެ ލައިސެންސް ހިފަހައްޓައިފި
 
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހޮނިހިރު ދުވަހުގެ ހަވީރު 4:42 އެހާއިރު

ކ. ފޭދޫފިނޮޅު ކައިރީގައި ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ލޯންޗު އެކްސިޑެންޓާއި ގުޅިގެން ދެ ލޯންޗުގެ ކެޕްޓަނުންގެ ލައިސެންސް ވަގުތީގޮތުން ހިފަހައްޓާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި މައްސަލަ ތަހުގީގު ކުރާނެ ކަމަށާއި ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. ލައިސެންސް ހިފެހެއްޓުމަކީ ވަގުތީ ފިޔަވަޅެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ފޭދޫފިނޮޅު ކައިރީގައި ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ލޯންޗު އެކްސިޑެންޓާއި ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު ވަނީ ނިޔާވެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހޮނިހިރު ދުވަހުގެ ހަވީރު 4:42 އެހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި