ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 11:34
ރެފްރީ ހަޓްދިދާކިސް: އޭނާގެ ކުށެއް ނެތް ކަމަށް ވަނީ ނިންމާފައި
ރެފްރީ ހަޓްދިދާކިސް: އޭނާގެ ކުށެއް ނެތް ކަމަށް ވަނީ ނިންމާފައި
ބީބީސީ
ފުޓްބޯޅަ
ރޮބަޓްސަންއާ މައްސަލަ ޖެހުނު ރެފްރީގެ ކުށެއް ނެތް
 
އެންމެ އަވަހަށް އޭނާ ނުކުންނާނީ އިނގިރޭސި ޗެމްޕިއަންޝިޕުގެ މެޗަކަށް

އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލްގެ އެންޑީ ރޮބަޓްސަންގެ މޫނުމަތީގައި އުޅަބޮށިން ޖެހި މައްސަލާގައި ބޮޑު އަދަބެއް އަތުވެދާނެ ކަމަށް ބެލެވުނު ރެފްރީ ކޮންސްޓަންޓިން ހަޓްޒިދާކިސްގެ ކުށެއް ނެތް ކަމަށް އިނގިރޭސި އެފްއޭއިން ނިންމައިފި އެވެ.

މި މައްސަލާގައި ހަޓްޒިދާކިސްގެ ކެރިއަރު ނިމިދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރީގެ ސީނިއާ ބައެއް ރެފްރީން ވެސް ބުނެފައިވެ އެވެ. ނަމަވެސް އެފްއޭއިން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ހަޓްޒިދާކިސް ގޯހެއް ހަދާފައިނުވާ ކަމަށެވެ.

މި މެޗަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ދަނޑަށް ނުކުންނާނީ އިނގިރޭސި ޗެމްޕިއަންޝިޕުގެ މެޗެއްގަ އެވެ.

ހަޓްޒިދާކިސްގެ މައްސަލަ ބަލަން ފެށީ އާސެނަލް އާއި ލިވަޕޫލް 2-2އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ އެންޑީ ރޮބަޓްސަންގެ މޫނުމަތީގައި އުޅަބޮށިން ގަސްތުގައި ޖެހި ކަމަށް ބަލައިފަ އެވެ. ޖެހީ ފުރަތަމަ ހާފު ނިމި ކުޅުންތެރިންނާއި ރެފްރީން ހިނގައިގަތް ވަގުތު ރެފްރީންގެ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން އެކަމުގެ ޝަކުވާކުރަން ރޮބަޓްސަން ކައިރިވި ވަގުތު އެވެ. ނަމަވެސް މިވަގުތު ހަޓްޒިދާކިސްގެ އަމަލުތައް ހުރި ގޮތުން ރެފްރީންނަކީ އެމީހުގެ ރުޅި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަންޖެހޭ ބައެއް ކަމަށް ބުނެ އިނގިރޭސި ކުރީގެ ކުޅުންތެރިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަނެއްކޮޅުން ރެފްރީންނާ ވާހަކަ ދެއްކުމަށް ނުވަތަ ޝަކުވާ ކުރުމަށް ކުޅުންތެރިން ކައިރިވާ ވަގުތު ރެފްރީންގެ ގައިގައި އަތްލައި ހަދާ މައްސަލަ ވެސް މިއާއެކު ވަނީ ފެންމަތިވެފަ އެވެ. އެއީ ފުޓްބޯޅަ ގަވާއިދުގައި މަނާކަމެކެވެ. ނަމަވެސް މި މެޗުގައި ރޮބަޓްސަން ލައިންސްމަން ގައިގައި އަތްލިކަން އަދި ޔަގީނެއްނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް