ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 17:39
ބެލިންހަމް: އޭނާ ހޯދުމުގެ ރޭހުން ލިވަޕޫލް ވަކިވާތީ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހިފައި
ބެލިންހަމް: އޭނާ ހޯދުމުގެ ރޭހުން ލިވަޕޫލް ވަކިވާތީ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހިފައި
ޑެއިލީ މެއިލް
ލިވަޕޫލް
އަގުބޮޑުކަމުން ބެލިންހަމް ހޯދުމުގެ ރޭހުން ލިވަޕޫލް ވަކިވަނީ
 
އޭނާގެ އަގު 110 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ވަނީ ބެލެވިފައި

އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ގަތުމުގެ ރޭހުން ލިވަޕޫލް ވަކިވާން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލުން މިރޭހުން ވަކިވާން ނިންމީ ބެލިންހަމްގެ އަގު އެކުލަބަށް އަތްނުފޯރާ ފަށަށް ދިއުމުންނެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅެމުން އަންނަ 19 އަހަރުގެ ކުޅުންތެރިޔާގެ އަގު 110 މިލިއަން ޕައުންޑަށް އަރާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.

މީގެ ސަބަބަކީ އޭނާ ގަތުމަށް ލިވަޕޫލަށްވުރެ މުއްސަދި ކުލަބުތަކުން މަސައްކަތް ކުރަން ފެށުމެވެ. އޭގެ ތެރޭގައި ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނެ އެވެ.

މިދިޔަ އަހަރުގެ ވޯލްޑްކަޕުގައި ވެސް އިނގިރޭސި ގައުމީ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ބެލިންހަމެވެ. އޭނާ ގަތުމުގެ ރޭހުން ލިވަޕޫލުން ވަކިވާން ނިންމާފައިވާއިރު މިކަމާ އެކުލަބުގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށައިފަ އެވެ. ސަބަބަކީ ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުން މި ސީޒަނުގެ ކުރީކޮޅު ކުލަބު ވިއްކާލުމަށް ނިންމުމަށްފަހު އެނިންމުން ބަދަލު ކުރުމެވެ.

ލިވަޕޫލްގެ އާމްދަނީ ކުރީ ސީޒަނަށްވުރެ މި ސީޒަނުގައި ވަރަށް ބޮޑަށް ދަށްވާނެ އެވެ. ސަބަބަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމާއި ޕްރެމިއާ ލީގުގައި ޔޫރަޕުގެ ޖާގަ އެއް ލިބޭނެ ކަމާމެދު ޝައްކުވާ ހިސާބު ފަހަތަށް ސޮއްސާލުމެވެ. އެ ޓީމު މިވަގުތު އޮތީ އަށްވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް