ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 07:32
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުޙައްމަދު (ކ)
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުޙައްމަދު (ކ)
ވަން އޮންލައިން
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފި
ގާޒީ އާދަމްއާ ކޯޓު ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އިސްގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލު ހައިކޯޓަށް އައްޔަނު ކުރެއްވުމާ ގުޅިގެން

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން، އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމްއާ ހަވާލުކުރަން ނިންމާފައިވަނީ އެ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލު ހައިކޯޓަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ. އަހްމަދު ޝަކީލް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ހޯމަ ދުވަހު ކުރައްވާފައެވެ.

ގާޒީ އާދަމް ވަނީ މީގެ ކުރިން ވެސް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެންފައެވެ. އެފަހަރު އެ މަގާމު އޭނާއާ ހަވާލުކުރީ އޭރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ކްރިމިނަލް ކޯޓުގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާ ވަގުތީ ގޮތުން ހިންގުން ވެސް ހަވާލު ކުރަން ވަނީ ނިންމާފައެވެ. އެގޮތުން ގއ. ޖުޑީޝަލް ދާއިރާ ވަގުތީ ގޮތުން ހަވާލު ކުރަން ނިންމީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ޙަސަންއާއެވެ.

މެޖިސްޓްރޭޓް އާޒީމްއާ އެ ދާއިރާ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ، ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިޙްސާން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް