ކ. މާލެ
|
18 ފެބްރުއަރީ 2023 | ހޮނިހިރު 11:06
ރެއާލްގެ ކުރީގެ ކޯޗު ޒިދާން
ރެއާލްގެ ކުރީގެ ކޯޗު ޒިދާން
ޓްވީޓަރ
ޒިނެދިން ޒިދާން
އަހަރެން އަލުން އެނބުރި ކޯޗިންގެ ތެރެއަށް އަންނަން ބޭނުން: ޒިދާން
ޒިދާން ބުނީ ކޯޗިންގެ ތެރެއަށް އަލުން އައުމަކީ އޭނާގެ އެދުމެއްގެގޮތުގައި ދެމިއޮންނަ ކަމަށް

އަލުން އަނބުރާ ކޯޗިން މަސައްކަތުގެ ތެރެއަށް އަންނަން ބޭނުންވާ ކަމަށް ފްރާންސްގެ ޒިނެދިން ޒިދާން ބުނެފި އެވެ.

އުމުރުން 50 އަހަރުގެ ޒިދާން އެންމެ ފަހުން ހުރީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމުގައެވެ. އެއަށްފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ންވެސް އެ ޓީމުގެ ކޯޗަކަށް ޒިދާން ގެންދަން މަސައްކަތް ކުރި ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. ނަމަވެސް ޒިދާން އޭރު ބޭނުންވީ ފްރާންސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭން ކަމަށާއި، އެހެންކަމުން އޭނާ ޕީއެސްޖީގެ ހުށަހެޅުން ގަބޫލު ނުކުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނިމުނު ވޯލްޑް ކަޕަށްފަހު ޒިދާން ފްރާންސް ގައުމީ ޓީމާ ހަވާލުވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެ ގައުމުގެ ކޯޗުކަމުގައި ޑިޑިއޭ ޑެޝޯމްޕްސް ބަހައްޓަން ނިންމާފައެވެ.

އެލްޕިން އެފްވަން އިވެންޓުގެ ތެރެއިން ދިން އިންޓަވިޔުއެއްގައި ޒިދާން ބުނީ، އޭނާއަށް މިހާރު ވަގުތު އޮތް ކަމަށެވެ. ނަމަވެސް އޭނާއަށް އެ ވަގުތު އޮތީ ކިހާ މުއްދަތަކަށް ކަމެއް ބުނަން ނޭނގޭ ކަމަށްވެސް ޒިދާން ބުންޏެވެ. ޒިދާން ބުނީ އޭނާ އަށް ޔަގީނުންވެސް އެނގޭ ކަމަކީ، އަލުން އަނބުރާ ކޯޗިންގެ މަސައްކަތަށް ދާން ބޭނުންވާ ކަމެވެ. ޒިދާން ބުނީ ފަހަރުގައި މިއަހަރުގެ ޖޫން މަހާ ހަމައަށް އޭނާއަށް ވަގުތު އޮވެދާނެ ކަމަށާއި، ނަމަވެސް ކަންކަން ހީނުކުރާހާ އަވަހަށް ބަދަލުވުމަކީވެސް އެކީގެންވާ ކަމެއް ކަމަށެވެ. ޒިދާން ބުނީ ކޯޗިންގެ ތެރެއަށް އަލުން އައުމަކީ އޭނާގެ އެދުމެއްގެ ގޮތުގައި ދެމި އޮންނަ ކަމަށެވެ.

ރެއާލުން ކޯޗިން ކެރިއަރު ފެށި ޒިދާން ވަނީ އެ ކުލަބާއެކު އެތައް ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ ރެއާލާއެކު 11 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ތިން ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް