ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 15:47
ޒައިނުއްދީން ޒިދާން
ޒައިނުއްދީން ޒިދާން
ގެޓީ އިމޭޖަސް
ބަޔަން މިއުނިކް
ބަޔާންގެ ކޯޗުކަން ޒިދާނަށް ދެނީ
 
ޒިދާން މިކަމާދު އެއްޗެއް ބުނާނީ މަޝްވަރާތައް ނިމުމުން

ޖަރުމަނުގެ ބަޔާން މިއުނިކުން އެކުލަބުގެ ކޯޗުކަން ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާނަށް ހުށަހަޅައިފި އެވެ.

ނަމަވެސް ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުރީގެ މިޑްފީލްޑަރު މިކަމާމެދު އަދި ވަކި ޖަވާބެއް ނުދެ އެވެ. ނަމަވެސް އޭނާ ވަނީ ވަރަށް އަވަހަށް ކޯޗެއްގެ ގޮތުން ފެނިދާނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޒިދާނާއި ބަޔާންއާއެކު ކުރިއަށް ގެންދާ ވާހަކަތައް އަދި އުޅެނީ ވަރަށް ފަށައިގަތުމުގެ މަރުހަލާގަ އެވެ. ޒިދާން މިކަމާމެދު އެއްޗެއް ނުބުނެ ހުރީ ވެސް މިހެންވެ އެވެ.

ޒިދާންއާ ބަޔާނުން މަޝްވަރާކުރަން ފެށީ އެކުލަބުގެ ކޯޗަކަށް ޖަރުމަނުގެ މިހާރުގެ ކޯޗު ހޫލިއަން ނާގަލްސްމަން އާއި ޗެލްސީ އާއި ރެއާލް އަދި އިންޓަމިލާނުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ގެނެސްފާނެ ކަމަށް ވެސް އަޑުއަރާފައިވަނިކޮށެވެ.

ޒިދާން އެންމެ ފަހުން ކޯޗެއްގެ ގޮތުން ފެނުނީ އޭނާގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑުންނެވެ. އެއީ 2021 ވަނަ އަހަރު އެވެ. އޭނާގެ އެންމެ ހާއްސަ ކާމިޔާބީ އަކީ ވިދިވިގެން ތިން ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ރެއާލް މެޑްރިޑަށް ހޯދައިދިނުމެވެ. ނަމަވެސް 2021ގައި ރެއާލްއިން ވަކިވުމަށްފަހު މިހާތަނަށް އޭނާ އެއްވެސް ޓީމަކަށް ކޯޗުކޮށްނުދެ އެވެ. ކުލަބުތަކުން ލިބުނު ފުރުސަތުތައް ދޫކޮށްލުމަށްފަހު ޒިދާން ބޮޑަށް ފާރަވެރިގެން ހުރީ ނިމިދިޔަ 2022ގެ ވޯލްޑްކަޕަށް ފަހު ފްރާންސްގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަށެވެ. އޭނާގެ ހުވަފެނީ ވަޒީފާ ނުލިބުނީ އެ މުބާރާތަށް ފަހު މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯންގެ ކޮންޓްރެކްޓް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އައު ކުރުމުންނެވެ.

ބަޔާންއިން ކޯޗަކު ހޯދަނީ އެކުލަބުގެ މިހާރުގެ ކޯޗު ތޯމަސް ޓުކެލް މި ސީޒަނަށް ފަހު ވަޒީފާއިން ވަކިވާނެތީ އެވެ. އެއީ މި ސީޒަނުގެ ނަތީޖާތައް ދަށްވުމާއެކު ދެ ފަރާތް އެއްބަސްވެގެން ނިންމި ނިންމުމެކެވެ. ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބު ބަޔާން މިއުނިކަކީ ޗެމްޕިއަންސް ލީގު ހަ ފަހަރު ހޯދާފައިވާ ވަރުގަދަ ސްކޮޑެއް އޮތް ކުލަބެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް