ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 14:05
ޒިދާން (ކ) އާއި ރޮނާލްޑޯ: އަލް ނަސްރުގެ ކޯޗުކަން ޒިދާނަށް ވަނީ ހުށަހަޅާފައި
ޒިދާން (ކ) އާއި ރޮނާލްޑޯ: އަލް ނަސްރުގެ ކޯޗުކަން ޒިދާނަށް ވަނީ ހުށަހަޅާފައި
ގޫގުލް
ފުޓްބޯޅަ
ޒިދާން ގެނައުމަށް އަލް ނަސްރުން 120 މިލިއަން ޔޫރޯ ހުށަހަޅައިފި
 
މިއީ ދެ އަހަރަށް 60 މިލިއަން ޔޫރޯގެ މުސާރައެއް

ސައުދީ އަރަބިއާގެ އަލް ނަސްރުގެ ކޯޗަކަށް ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން ގެންދިއުމަށް 120 މިލިއަން ޔޫރޯ ހުށަހަޅައިފި އެވެ.

މިއީ ދެ އަހަރުގެ ދުވަހަށް އަހަރަކަށް 60 މިލިއަން ޔޫރޯގެ ގޮތުގައި ހުށަހަޅާ މުސާރައެކެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު މިކަމާ ވަކި އެއްޗެއް ނުބުނެ އެވެ. ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ކޯޗު މިކަމާމެދު ވަކި އެއްޗެއް ނުބުނަނީ އަލުން ރެއާލް މެޑްރިޑާ ހަވާލުވުމުގެ ޝައުގުވެރިކަމާއެކުގަ އެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި މި ސީޒަނަށް ފަހު ކާލޯ އެންޗެލޯޓީ ރެއާލް މެޑްރިޑުން ވަކިވެއްޖެނަމަ އެ މަގާމަށް ގެނައުން އެންމެ އެކަށީގެންވާ ކޯޗަކީ ޒިދާން ކަމަށެވެ.

އަލް ނަސްރުން ވަނީ ދާދި ފަހުން ޓީމުގެ ކޯޗު ރުޑި ގާސިއާ ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ވެސް ހިޔާލު ތަފާތުވެގެންނެވެ ޒިދާނަކީ ރޮނާލްޑޯ ބޭނުންވާ ކޯޗެވެ.

މީގެ އިތުރުން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަކީ ވެސް އަލް ނަސްރުން ޝައުގުވެރިވާ ކޯޗެކެވެ.

އަލް ނަސްރު މިވަގުތު އޮތީ ސައޫދީ ލީގުގެ ދެ ވަނާގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
0%
17%
17%
ކޮމެންޓް