ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 18:12
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ފައިލޭރިއާ ބަލި ފެތުރުން
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
 
ބިދޭސީ މަސައްކަތު މީހާ ފެނުނީ ފައިލޭރިއާ އަށް މިހާރު ފަށާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން

ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލެ އިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތު މީހާ ފެނުނީ ފައިލޭރިއާ އަށް މިހާރު ފަށާފައިވާ ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެ މީހާ އަށް ބޭސްދިނުން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

ރާއްޖެ އިން ފައިލޭރިއާ ޖެހިފައިވާ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ވަނީ ފެނިފައެވެ. އެ ސިޓީން ސްކްރީން ކުރެވުނު 439 ބިދޭސީންގެ ތެރެއިން 414 މީހުން ބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި އެ ސިޓީގައި ކުރިއަށް ގެންދިޔަ މާސް ސްކްރީނިންގ ޕްރޮގްރާމުގައި 155 މީހުން ޓެސްޓް ކުރިއިރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހުޅުމާލެއިން ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 މީހަކު ރާއްޖެ އިން ވަނީ ފެނިފައެވެ.

ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސްކްރީނިންގ ކޭމްޕެއްގައެވެ. ބައްޔަށް ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައީ ފައިލޭރިއާ އާއްމުކޮށް ފެންނަ ޤައުމުތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ޗުއްޓީ ހޭދަކުރުމުގެ ހަރަކާތްތަކުގައި އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި
ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ބޮޑުވަޒީރު ކާމިޔާބު ކުރައްވައިފި
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު: އެޗްޕީއޭ
މިމަހު އެކަނި މާލެ ސަރަހައްދުން ޗިކުންގުންޔާގެ 59 ކޭސް، ސަމާލުވުމަށް އިލްތިމާސްކޮށްފި