ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 22:05
އިރުއޮއްސެމުން ދިއަ ވަގުތު މާލެތޭރޭގެ މަންޒަރެއް
އިރުއޮއްސެމުން ދިއަ ވަގުތު މާލެތޭރޭގެ މަންޒަރެއް
ރާއްޖެއެމްވީ
މުއްދަތު ހަމަވެފައިވާ ލައިސަންސް
މުއްދަތު ހަމަވެފައިވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ
 
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް އެ ޚިދުމަތް މިނިސްޓްރީން ތައާރަފުކޮށްފައިވޭ

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މަޑުޖައްސާލާފައިވާއިރު މުއްދަތު ހަމަވެފައިވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އަލަށް ބޭނުންކުރަން ފަށާފައިވާ ސޮފްޓްވެއަރ އަށް ބަދަލުވުމުގެ މަސައްކަތް ކުރާތީ، ލައިސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މެދުކަނޑާލީ މިދިޔަ މަހުގެ 29 ގައެވެ. އޭރު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލައިސަންސްގެ ހިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކުރެވޭނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

އެކަމަކު އެ މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް އެ ޚިދުމަތް މިނިސްޓްރީން ވަނީ ތައާރަފުކޮށްފައެވެ.

މި ބަދަލާއެކު މިހާރު އީފާސް ޕޯޓަލް އަދި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ލައިސަންސް ބަލާލެވޭނެއެވެ. މީގެ އިތުރުން ލައިސަންސް ކާޑު ޕޭޖުން ފެންނާނެ ކަމަށާއި އެ ކާޑާއެކު އަރާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ލައިސެންސްގެ ހުރިހާ ތަފްސީލެއް ލިބެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެއެވެ. ފިޒިކަލް ލައިސަންސް ކާޑު ނެތަސް ފުލުހުންގެ މޯބައިލް އެޕް "ޕޮލިސް އެމްވީ" އިން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައި ގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ބަދަލާއެކު ލައިސަންސަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު އޮތް އިރު މި ބަދަލުގެ ސަބަބުން ލައިސަންސް ލިބުމުގެ މަރުހަލާ ވަރަށް ބޮޑަށް އަވަސްވާނެކަން އެ މިނިސްޓްރީ އިން ފާހަގަކުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް