ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސާލިހު ހަމަޖައްސަވައިފިއެވެ.
އަލީ ސާލިހު އެންމެ ފުރަތަމަ ހުންނެވީ ކުރިން ހިންގި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އެކަމަކު ވަކި ހިސާބަކުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އޭނާ މިހާތަނަށް ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގައެވެ.
އެ މިނިސްޓްރީގައި މިހާތަނަށް ހުންނެވީ އެންމެ ސްޓޭޓް މިނިސްޓަރެކެވެ. އަލީ ސާލިހާއެކު އެ މަގާމުގައި މިހާރު ދެ ބޭފުޅަކު ތިއްބަވާނެއެވެ.