ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 15:09
އައިސީއާރްސީ ސެމިނަރ
އައިސީއާރްސީ ސެމިނަރ
އެމްއެންޑީއެފް
އައިސީއާރްސީ ސެމިނަރ
ފުލުހުންނާއި ސިފައިންނަށް ސެމިނަރއެއް ކުރިއަށްގެންގޮސްފި
މި ސެމިނަރގައި 15 ސިފައިންނާއި، 15 ފުލުހުން ބައިވެރިވި
ސެމިނަރގައި މައުލޫމާތުދެއްވީ އައިސީއާރްސީގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުން

އިންޓަރނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ)އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ސެމިނަރއެއް ކުރިއަށްގެންގޮސްފިއެވެ.

"މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންސް، އިންޓަރނޭޝަނަލް ރޫލްސް އެންޑް ސްޓޭންޑަރޑްސް ފޮރ ދަ އެކްސަސައިޒް އޮފް މެރިޓައިމް ލޯ އެންފޯސްމެންޓް ޕަވަރ"ގެ ނަމުގައި ޑިސެންބަރު 21ން 22ށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ސެމިނަރގައި، އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރާ 15 ސިފައިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ 15 ފުލުހުން ބައިވެރިވިއެވެ. 

މި ސެމިނަރގައި ބައިވެރިންނަށް ކިޔަވައިދީފައިވާ ބައިތަކުގެތެރޭގައި، މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންސްގެ ޕަރސްޕެކްޓިވްސް، އައިއާރްސީގެ ރޯލާއި މެންޑޭޓް، ޕްރޮޓެކްޝަން އެންޑް ޑިގްނިފައިޑް މެނޭޖްމެންޓް އޮފް ދަ ޑެޑް އެޓް ސީއާއި ޕްރިންސިޕަލްސް ގަވަރނިންގ ދަ އެކްސަސައިޒް އޮފް ލޯ އެންފޯސްމެންޓް އޮފިސަރސް ޕަވަރގެ އިތުރުން ޔޫސް އޮފް ފޯސް އެންޑް ފަޔަރ އާމްސް އެޓް ސީ ފަދަ ބައިތައް ހިމެނެއެވެ.

މި ސެމިނަރގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވީ އައިސީއާރްސީގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް