ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 17:39
ޖަރުމަނުގެ ސްޕޯޓްސް މިނިސްޓަރު ނޭންސީ ފޭޒާ
ޖަރުމަނުގެ ސްޕޯޓްސް މިނިސްޓަރު ނޭންސީ ފޭޒާ
ޓްވީޓަރ
ފީފާ ވޯލްޑް ކަޕް
ޖަރުމަނުގެ ސްޕޯޓްސް މިނިސްޓަރުގެ ބަހުގެ ހަމަލާތަކެއް ފީފާ އަށް
 
ފޭޒާ ބުނީ އޭނާ ޤަތަރަށް އައީ ޖަރުމަނު ޓީމަށް ސަޕޯޓުކުރުމުގެ އިތުރުން އިންސާނީ ހައްގުތަކަށް ވާހަކަ ދައްކަން ކަމަށް

ޖަރުމަނުގެ ސްޕޯޓްސް މިނިސްޓަރު ނޭންސީ ފޭޒާގެ ބަހުގެ ހަމަލާތަކެއް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަށް އަމާޒުކޮށްފިއެވެ.

ފޭޒާގެ ބަހުގެ ހަމަލާތަކެއް ފީފާ އަށް ފޮނުވާލީ މި އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ވަން ލަވް ކެޕްޓަން ބޭންޑު ނުވަތަ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދު ކުރާ ކެޕްޓަން ބޭންޑު ނޭޅޭނެ ކަމަށް ފީފާ އިން އަންގާފައި ވަނިކޮށެވެ. ޖަރުމަނަކީ މުބާރާތުގައި އެ ބޭންޑު އަޅަން ނިންމި ހަތް ޤައުމުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. ނަމަވެސް ފީފާ އަދި ޤަތަރުގެ މުބާރާތް ބާއްވާ ކޮމެޓީގެ އިންޒާރުތަކާ ހެދި ޖަރުމަނުން ވަނީ އެ ބޭންޑު ނާޅަން ނިންމާފައެވެ.

މުބާރާތުގައި ޖަރުމަނުގެ ފުރަތަމަ މެޗުގައި ޖާޕާނާ ދެކޮޅަށް ނިކުންނައިރު، ސަޕޯޓަރުުން ތިބި ސަރަހައްދަށް ފޭޒާ ވަނީ ބުދަ ދުވަހު ޒިޔާރާތް ކޮށްފައެވެ. އެއަށްފަހު އެ ސަރަހައްދުގައި ވާހަކަ ދައްކަމުން އޭނާ ބުނީ، ވަން ލަވް ކެޕްޓަން ބޭންޑު ނޭޅޭނެ ކަމަށް ފީފާއިން ނިންމި ނިންމުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އޭނާ ބުނީ އެކަމުގައި ފީފާ ކަހަލަ ބޮޑު އިދާރާއެއް ޕްރެޝަރަަށް ވެއްޓެން ވެސް ނުޖެހޭނެ ކަމަށެވެ. އޭނާ ބުނީ ފީފާގެ މަގުސަދަކީ ތަފާތުކުރުންތަކާ ދެކޮޅަށް މީހުން ވަކާލާތު ކުރުން ހުއްޓުވުން ކަމަށެވެ. އޭނާ ބުނީ އެކަން ކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ފޭޒާ ބުނީ މުބާރާތަށް ޤަތަރުގައި ތިބޭ އިރު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމަކީ ކުރިން ވެސް އޭނާ ބުނިހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ފޭޒާ ބުނީ އޭނާ ޤަތަރަށް އައީ ޖަރުމަނު ޓީމަށް ސަޕޯޓުކުރުމުގެ އިތުރުން އިންސާނީ ހައްގުތަކަށް ވާހަކަ ދައްކަން ކަމަށެވެ. އެ ދަތުރުގައި އޭނާ ބުނީ އެންމެ އިސްކަމެއް ދެމުން އަންނަނީ އަންހެނުންގެ ހައްގުތައް ވެސް ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.

ފޭޒާ މިހެން ބުނެފައިވާއިރު، ޤަތަރުން ވަނީ އެ ޤައުމުގައި މުބާރާތް ކުރިއަށްދާއިރު، އިސްލާމްދީނާ ޚިލާފު ކަންކަން ކުރުމަށް ފުރުސަތު ނުދެވޭނެ ކަމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ޔޫރަޕުގެ ގިނަ ޤައުމުތަކުގެ ފާޑު ކިޔުން ޤަތަރަށް އަމާޒުވި ނަމަވެސް އެ ޤައުމުން ބުނީ އެމީހުންގެ ސަމާލުކަމެއް އެ ވާހަކަތަކަށް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
3%
0%
3%
31%
0%
62%
ކޮމެންޓް