ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 11:35
މެޗުގައި ލަނޑު ޖެހުމަށްފަހު އެމެރިކާ އިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެމެރިކާ އިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޕެރިސް އޮލިމްޕިކްސް 2024
ޖަރުމަނުގެ މައްޗަށް ކުރި ހޯދައި އެމެރިކާ ފައިނަލަށް
އެންމެ ފަހުން އޮލިމްޕިކްސްގެ ފައިނަލްގައި އެމެރިކާ އިން ކުޅުނީ 2012 ވަނަ އަހަރު އެވެ.

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅައިގެ ފައިނަލުން އެމެރިކާ ޖާގަ ހޯދައިފި އެވެ.

ފައިނަލްގެ ޖާގަ އެމެރިކާ އިން ހޯދީ ސެމީ ފައިނަލްގެ ޖަރުމަނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު އެމެރިކާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވެ، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. މެޗުގައި އެމެރިކާ އިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ވެސް އިތުރު ވަގުތުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސޯފިއާ ސްމިތު އެވެ.

މިއީ އެމެރިކާ އިން 12 އަހަރުގެ ތެރޭގައި އޮލިމްޕިކްސްގެ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އޮލިމްޕިކްސްގެ ފައިނަލްގައި އެމެރިކާ އިން ކުޅުނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު އެ ޓީމުން ވަނީ އޮލިމްޕިކްސްގެ ރަން މެޑަލް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ތިން އަހަރު އެމެރިކާ އިން ރަން މެޑަލް ކާމިޔާބު ކުރި އެވެ. އެއީ 1996، 2004 އަދި 2008 ވަނަ އަހަރު އެވެ.

އޮލިމްޕިކްސްގެ ފައިނަލްގައި އެމެރިކާ ނިކުންނާނީ ބްރެޒިލް އާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް