ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 11:17
އޮލިމްޕިކްސް އަންހެން ފުޓުބޯޅައިގެ ރަން މެޑައްޔާ އެކު އެމެރިކާ
އޮލިމްޕިކްސް އަންހެން ފުޓުބޯޅައިގެ ރަން މެޑައްޔާ އެކު އެމެރިކާ
ރޮއިޓާސް
ޕެރިސް އޮލިމްޕިކްސް 2024
ބްރެޒިލް ބަލިކޮށް، އެމެރިކާ އިން ރަން މެޑަލް ކާމިޔާބު ކޮށްފި
މިއަހަރުގެ ރަން މެޑައްޔާއެކު، އެމެރިކާ އިން ފަސް އަހަރު ރަން މެޑަލް ކާމިޔާބު ކޮށްފަ އެވެ.

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ އަންހެން ފުޓުބޯޅައިގެ ރަން މެޑަލް އެމެރިކާ އިން ކާމިޔާބު ކޮށްފި އެވެ.

އެމެރިކާ އިން ރަން މެޑަލް ކާމިޔާބު ކޮށްފައި ވަނީ ފައިނަލް މެޗުގައި ބްރެޒިލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބްރެޒިލްގެ މައްޗަށް އެމެރިކާ އިން ކުރި ހޯދީ 1-0 އިންނެވެ. މެޗުގައި އެމެރިކާ އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެމެރިކާ އަށް ލީޑު ނަގައިދިނީ މެލޮރީ ސްވަންސޮން އެވެ.

މިއީ އެމެރިކާ އިން ފާއިތުވި 12 އަހަރުގެ ތެރޭގައި އޮލިމްޕިކްސްގެ ރަން މެޑަލް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ އޮލިމްޕިކްސްގެ ކުރިން، އެންމެ ފަހުން އެމެރިކާ އިން ރަން މެޑަލް ހާސިލް ކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް އެމެރިކާ އިން ކާމިޔާބު ކުރި އެވެ.

މިއަހަރުގެ ރަން މެޑައްޔާއެކު، އެމެރިކާ އިން ފަސް އަހަރު ރަން މެޑަލް ކާމިޔާބު ކޮށްފަ އެވެ. އެއީ 1996، 2004، 2008، 2012 އަދި 2024 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް