ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 16:44
ރޯލްސް-ރޮއީސް ކާރެއް
ރޯލްސް-ރޮއީސް ކާރެއް
ޓްވީޓަރ
ފީފާ ވޯލްޑް ކަޕް
ސައޫދީ ސަރުކާރުގެ ހަދިޔާއެއް، ކޮންމެ ކުޅުންތެރިޔަކަށް ރޯލްސް-ރޮއީސް ކާރެއް
 
ރޯލްސް-ރޮއީސް ކާރުގެ އަގު އުޅެނީ ގާތް ގަނޑަކަށް ހަތަރު ލައްކަ ފަސް ދޮޅަސް ހާސް އެމެރިކާ ޑޮލަރުގައި

ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ ބަލިކުރުމާގުޅިގެން ސައޫދީ އަރަބިއްޔާ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ރޯލްސް-ރޮއީސް ކާރެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އާޖެންޓީނާގެ މައްޗަށް ސައޫދީން ހޯދި ތާރީޚީ ކާމިޔާބާ ގުޅިގެން އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ކޮންމެ ކުޅުންތެރިޔަކަށް ކާރެއް ހަދިޔާކުރެއްވުމަށް ނިންމައިފައެވެ. އެއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި، އެ މެޗުން ކުޅުންތެރިން ގައުމަށް ހޯދައިދިން ރީތި ނަމުގެ އަގު ވަޒަންކުރުމަށް ވަލީއަހުދު ނިންމި ނިންމުމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރޯލްސް-ރޮއީސްއަކީ މަޝްހޫރު ކާރު ބްރޭންޑެކެވެ. ރޯލްސް-ރޮއީސް ކާރުގެ އަގު އުޅެނީ ގާތް ގަނޑަކަށް 460،000 (ހަތަރު ލައްކަ ފަސް ދޮޅަސް ހާސް) އެމެރިކާ ޑޮލަރުގައެވެ. މި އަގު ބޮޑު ބްރޭންޑުގެ ކާރު ކުޅުންތެރިންނަށް ދޭން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، ސައޫދީން އަންނަނީ އެ ކާމިޔާބީ ފާހަގަ ކުރުމަށް އެކި ކަންކަން ކުރަމުންނެވެ. އެ ގައުމުގެ ސަރުކާރުން ވަނީ ބުދަ ދުވަހަކީ ސަރުކާރު ބަންދު، ގައުމީ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

ސައޫދީގެ ވަލީއަހުމަދު މުހައްމަދު ބިން ސަލްމާނަކީ ކުޅިވަރަށް (ވަކިން ޚާއްސަކޮށް ފުޓުބޯޅައަށް) ލޯބިކުރައްވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
51%
5%
2%
8%
5%
30%
ކޮމެންޓް
23 ނޮވެންބަރ 2022 | ބުދަ 20:23
ބުނެލީ
އެކަމުގެ އުފަލުގައި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަދެތިން އަހަރު އަލަށް ހައްޖަށްދާ މީހުންނަށް ތަންކޮޅެއް އަގު ހެޔޮކޮށް ހައްޖަށް ދެވޭނެ ގޮތް ހަދާދޭންވީނު.