ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 09:26
ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު ދީމާއާ ބައްދަލު ކުރެއްވުމުގެ ތެރެއިން
ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު ދީމާއާ ބައްދަލު ކުރެއްވުމުގެ ތެރެއިން
ޓޭބަލް ޓެނިސް އެސޯސިއޭޝަން
ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
ސައުދީގެ ފަރާތުން ދީމާ އަށް ކުޅިވަރުގެ ސްކޮލަޝިޕްގެ އިތުރުން، މަތީ ތައުލީމުގެ ސްކޮލަޝިޕްގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމަށް މަޝްވަރާ ކޮށްފައިވޭ

ދިވެހި ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީގް ފަރާތުން، ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ފަހު ފުރުސަތުތަކެއް ދިނުމަށް މަޝްވަރާކޮށްފި އެވެ.

ސައުދީ ސަފީރު މަތުރެކް އަބްދުﷲ އަލް އަޖާލީން އަލްދުސާރީ ވަނީ، ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ ދީމާއާ ބައްދަލުކޮށްފަ އެވެެ. އެ ބައްދަލުވުމުގައި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދުގެ އިތުރުން، ދީމާގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެ ބައްދަލުވުމުގައި ސަފީރު ވަނީ، އަންނަ މަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވެފައިވާތީ، ދީމާ އަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ދީމާ އަށް ހިތްވަރު ދެއްވައި، ކާމިޔާބަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ދީމާ އަކީ، ކޮލިފިކޭޝަންގައި ވާދަކޮށް އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓެވެ.

ސައުދީން ވަނީ ދީމާ ކުރިއަށް ދިޔުމުގައި އެހީތެރިކަމަށް ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ. އެގޮތުން ސައުދީގެ ފަރާތުން ދީމާ އަށް ކުޅިވަރުގެ ސްކޮލަޝިޕްގެ އިތުރުން، މަތީ ތައުލީމުގެ ސްކޮލަޝިޕްގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ ޓީޓީ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ އެއް ޤައުމަކީ ވެސް ސައުދީ އެވެ. އެގޮތުން ޓީޓީގެ ޑިވެލޮޕްމަންޓަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ޓީޓީގެ ޙަރަކާތްތައް ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް