ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 15:56
ޝަހްރާނީ ދަނޑުމަތީގައި
ޝަހްރާނީ ދަނޑުމަތީގައި
ރޮއިޓާރސް
ފީފާ ވޯލްޑް ކަޕް
ސައޫދީ ވަލީއަހުދުގެ އޯޑަރަށް، ޕްރައިވެޓް ޖެޓެއްގައި ޑިފެންޑަރު ޝަހްރާނީ ޖަރުމަނަށް
ކީޕަރުގެ ގައިގައި ޖެހި އޭނާގެ ބޯ ފަޅައިގެން ދިޔައިރު، ކަށިތަކަށްވެސް އަނިޔާވެފައިވޭ

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އޯޑަަރަށް، ޕްރައިވެޓް ޖެޓެއްގައި ޑިފެންޑަރު ޔާސިރު އައްޝަހްރާނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރުވާލައިފިއެވެ.

ޝަހްރާނީއަށް އަނިޔާވެފައިވަނީ ފީފާ ވޯލްޑް ކަޕްގައި ސައޫދީގެ ފުރަތަމަ މެޗުގައެވެ. މި މެޗުން ސައޫދީ ވަނީ އާޖެންޓީނާ އަތުން 2-1ން މޮޅުވެފައެވެ. މެޗުގެ ފަހު ވަގުތުގެ ތެރޭގައި ސައުދީގެ ގޯލް ކީޕަރުގެ ގައިގައި ޖެހި އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެ އަނިޔާގެ ސަބަބުން އޭނާ ދަނޑުން ބޭލީވެސް ސްޓެރެޗަރގައެވެ. ކީޕަރުގެ ގައިގައި ޖެހި އޭނާގެ ބޯ ފަޅައިގެން ދިޔައިރު، ކަށިތަކަށްވެސް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައޫދީގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ޝަހްރާނީ ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރުވާލާފައެވެ. އަދި އޭނާ ޖަރުމަނަށް ފޮނުވީ ޕްރައިވެޓް ޖެޓެއްގައިކަމަށާއި، އެކަމަށް އަމުރުކުރެއްވީ އެ ގައުމުގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާންކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައޫދީން އާޖެންޓީނާ ބަލިކުރުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ހަމަޖައްސާފައެވެ. އެއީ ސައޫދީއަށް ލިބުނު ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށެވެ.

- ކޮމެންޓް