ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 21:33
ފްރާންސަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން
ފްރާންސަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން
ފީފާ
ފީފާ ވޯލްޑް ކަޕް
ފްރާންސަށް އޮތް ސަޕޯޓް ދެއްކުމަށް ދެމީހަކު ބައިސްކަލުގައި ޕެރިހުން ދޯހާއަށް
 
ކޮންމެ ދުވަހަކު 120 ކިލޯ މީޓަރު ދަތުރުކުރާ މި ދެބައިވެރިން މިހާރު ތިބީ ޖޯޑަންގައި

ވޯލްޑް ކަޕްގައި ފްރާންސަށް އޮތް ސަޕޯޓް ދެއްކުމަށް ފްރާންސްގެ ދެ ސަޕޯޓަރަކު ބައިސްކަލުގައި ޕެރިހުން ދޯހާއަށް ދަތުރުކުރަން ފަށައިފިއެވެ.

މި ދަތުރު ފަށާފައިވަނީ ޑޮކިއުމެންޓަރީ ފިލްމްމޭކަރު މެހްދީ ބެލަމީސާ އާއި ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ގަބްރިއެލް މާޓިންއެވެ. އެމީހުންގެ މި ދަތުރު ފެށީ އޯގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. މިހާތަނަށް އެމީހުން ވަނީ މި ދަތުރުގައި 5،000 ކިލޯ މީޓަރު ދަތުރުކޮށްފައެވެ.

ރޮއިޓާސްއަށް ދިން އިންޓަރވިއުއެއްގައި އެމީހުން ބުނީ މި ޚިޔާލުއައީ މިދިޔަ އަހަރު ނޭޝަންސް ލީގުގެ މެޗެއް ބެލުމަށް އިޓަލީއަށް ކުރި ދަތުރުގައި ކަމަށެވެ.

ކޮންމެ ދުވަހަކު 120 ކިލޯ މީޓަރު ދަތުރުކުރާ މި ދެބައިވެރިން މިހާރު ތިބީ ޖޯޑަންގައެވެ. މި ހަފްތާ ނިންމުމަށްފަހު އެމީހުންގެ ދަތުރު ދެން ފަށާނީ ސައޫދީ އަރަބިއްޔާ ހުރަސްކޮށް ދޯހާއަށް ދިއުމަށެވެ.

ދަތުރުގެ އެއް ބައިވެރިޔާ ގަބްރިއެލް ބުނީ މިއީ އޭނާގެ ހަނދާނުން ނުފިލާގެފަދަ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި އެންމެ ދަތި ކަމަކަށް ދިމާވީ އެކި ކަހަލަ އަޑިގުޑަންތަކުން ދުއްވަން ޖެހުމާއި ތަފާތު ސަގާފަތްތަކުގެ މީހުންނާއި ކުރިމަތިލާން ޖެހުން ކަމަށް އޭނާ ފާހަގަކުރިއެވެ. މި ހުރިހާ ދައްޗަކާއެކުވެސް މި ދަތުރުކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށް މިފަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޮތުމުން ކަމަށް ގަބްރިއަލް ބުންޏެވެ.

މި ދެބައިވެރިންގެ އަމާޒަކީ ވޯލްޑް ކަޕްގައި ފްރާންސްގެ ފުރަތަމަ މެޗުގެ ކުރިން ގަތަރަށް ދިއުމެވެ. މުބާރާތުގައި ފްރާންސްގެ ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ވަނަ ދުވަހު ނުކުންނާނީ އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. ގްރޫޕް ޑީގައި ފްރާންސާއި އޮސްޓްރޭލިއާގެ އިތުރުން ދެން ހިމެނެނީ ޑެންމާކާއި ޓިއުނީޝިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް