Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 23:15
ސީއެޗްއެސްސީގެ ދަރިވަރުން
ސީއެޗްއެސްސީގެ ދަރިވަރުން
މުހައްމަދު ޝަރުހާން
ރާއްޖޭގައި އޭލެވެލް ހަދާ ދަރިވަރުން
އަމިއްލަ ސްކޫލްތަކުން އޭލެވެލް ހަދާ ދަރިވަރުންނަށް ސަރުކާރުން އެހީވަނީ
ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ދަރިވަރެއް މާލޭގެ ކޮންމެ ސްކޫލަކުން މަތީ ޘާނަވީ އަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދެވޭނެ
އެހީ ދެވެނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް

މަތީ ސާނަވީއަށް ކިޔެވުމަށް ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލްތަކުގައި އުނގެނުމުގެ ފުރުސަތު ހޯދާ ދިނުމަށް ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން 5 މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލަކުން އޭލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

Advertisement

އެހެންކަމުން ފީ ދެއްކުމުގައި ފައިސާގެ އެހީ ދޭނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ދަރިވަރެއް މާލޭގެ ކޮންމެ ސްކޫލަކުން މަތީ ޘާނަވީ އަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މާލޭގައި މިހާރު އޭލެވެލްއަށް ކިޔަވާދެމުން ދަނީ ސީއެޗްއެސްއީ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް