ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 09:40
ސީއެޗްއެސްއީގެ ދަރިވަރުން އިމްތިހާނު ހޯލުގައި
ސީއެޗްއެސްއީގެ ދަރިވަރުން އިމްތިހާނު ހޯލުގައި
ސީއެޗްއެސްއީ
އިމްތިހާނަށް ގެންނަ ބަދަލު
އެޑެކްސެލް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލްގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިޙާނު ދެނީ
 
2024-2025 ވަނަ އަހަރު ދިރާސީ އަހަރު ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-ލެވެލް އަށް ކިޔަވައިދޭން ފެށޭނެ
 
2024 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބޭއްވުމަށް ވަނީ ނިންމާފައި

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-އޭލެވެލް އިމްތިހާނު ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފެށުން ވަކި ޝެޑިއުލްއަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2023-2024 ވަނަ ދިރާސީ އަހަރު ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފެށުމާއި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި 2024-2025 ވަނަ އަހަރު ދިރާސީ އަހަރު ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-ލެވެލް އަށް ކިޔަވައިދޭން ފެށުމާއި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބޭއްވޭނެ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލާއި ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުންގެންދާ އަދި މިއަހަރު މަތީ ސާނަވީގެ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާކެމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް