ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 16:33
ދަރިވަރުންތަކެއް
ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
އޭލެވެލް އިމްތިހާން
އޭލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި
 
2785 ދަރިވަރުންނަކީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިހާނުގައި ހެދި ދަރިވަރުން
 
އެޗްއެސްސީ އިމްތިހާނު ހަދާފައިވަނީ ޖުމްލަ 1299 ދަރިވަރުން
 
ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވާފައިވަނީ 40 ސެންޓަރުގައި

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލްއާއި އައިއޭއެލް އިމްތިހާނާއި އެޗްއެސްސީ އިމްތިހާނުގެ ޕްރޮވިޝަނަލް ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އެ ނަތީޖާތައް ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވަނީ ބުނެފައެވެ. އެ މިިނިސްޓްރީން ބުނީ މަތީ ސާނަވީގެ އެކި އިމްތިހާންތަކުގެ ނަތީޖާތައް ދޫކުރާނީ އެދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ. މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12އިން ފެށިގެންނެވެ.

ނަތީޖާ ބެލުމަށްފަހު ޕޭޕަރުތައް އަލުން ބެލުމަށް ބޭނުންވާނަމަ އެފަދަ ދަރިވަރުންނަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 26ގެ ނިޔަލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން، ރީޗެކްކުރުމަށް އެދޭ ދަރިވަރުން އެދަރިވަރެއްގެ އިމްތިހާނު ސެންޓަރަށް އެކަމަށް އެދި ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވާފައިވަނީ 40 ސެންޓަރުގައެވެ. އޭލެވެލް އިމްތިހާނުގައި މިދިޔަ އަހަރު ބައިވެރިވެފައި ވަނީ ޖުމްލަ 2849 ދަރިވަރުންނެވެ. އޭގެ ތެރެއިން 2785 ދަރިވަރުންނަކީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިހާނުގައި ހެދި ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނު ހަދާފައިވަނީ ޖުމްލަ 1299 ދަރިވަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި