ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 16:13
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ހައިކޯޓުގެ އަމުރާ ޚިލާފުވި މައްސަލައެއް
ބަންދުގައި ބަހައްޓައިގެން ކޯޓަށް މީހަކު ހާޒިރު ކުރުމަށް ކުރި އަމުރާ ޚިލާފުވުމުން، ފުލުހުންގެ މައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ޕީޖީ އޮފީހުން ގެނެސްފައި
ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އެންގި އަމުރާ ވަނީ ޚިލާފުވެފައި

ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް މީހަކު ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް, ހައިކޯޓުގެ އެންގުމާ ޚިލާފަށް އަމަލުކޮށްފައިވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް ހުށަހައިފިއެވެ.

އެ މައްސަލައަކީ، ހައިކޯޓުން ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، އެ އަމުރާ ޚިލާފުވުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ފުލުހުން، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45ށް އަރުޝަދު ޚާލިދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލުމަށް ފަހުގައެވެ. އަދި ފުލުހުން ވަނީ އެކަމާގުޅޭ ލިޔުމެއްވެސް އޭނާއަށް ދީފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، އަރުޝަދު ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާގުޅިގެން ޕީޖީން ގެންދިޔައީ އެކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުން ކަމަށެވެ. އަދި އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެކަމަށް ވަނީ ބުނެފައެވެެ. މީގެ އިތުރުން އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި، ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް ޕީޖީ އޮފީހަށް އެނގިފައިވާ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޕީޖީ އޮފީހުން އަންގާފައިވާނެ ކަމަށާއި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައިކަމަށް އެ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

- ކޮމެންޓް