ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 06:23
ބިލެތްދޫގައި ބަޔަކު ބުދަށް އަޅުކަންކުރުން
ބިލެތްދޫގައި ބަޔަކު ބުދަށް އަޅުކަންކުރުން
ފޭސްބުކް
ބިލެތްދޫގައި ބިދޭސީންތަކެއް ބުދަށް އަޅުކަންކުރުން
ބިލެތްދޫގައި ބުދަށް އަޅުކަން ކުރި މީހުންގެ ބަންދަށް 10 ދުވަސް
ބުދަށް އަޅުކަން ކުރީ ބިލެތްދޫގައި މަސައްކަތް ކުރާ ބިދޭސީން
މި މައްސަލައިގައި ހައްޔަރު ކުރީ 3 މީހުން
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

ފ. އަތޮޅު ބިލެތްދޫގައި ހިންދޫ ދީނަށް އަޅުކަންކުރި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލްކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ އާދިއްތަ ދުވަހުއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުކަމަށެވެ. ބިލެތްދޫގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެ މީހުން އަޅުކަން ކުރުމަށް ބުދެއް ހަދައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، ބިދޭސީ 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ ފިރިހެނަކާއި، 37 އަހަރުގެ ފިރިހެނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން ބިލެތްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ރާއްޖެ އެމްވީއަށް ވިދާޅުވީ, ބިލެތްދޫގައި 3 ބިދޭސީން ބުދަށް އަޅުކަންކުރިކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަަމަށެވެ. އެއާއެކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ މަންޒަރު ފެނިފައި ވަނީ ރަށުގެ މަދު ބަޔަކަށް ކަމަށާއި، މިއީ އެފަދަ ކަމެއް ފެންމަތިވި ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް