ކ. މާލެ
|
4 ސެޕްޓެންބަރ 2022 | އާދީއްތަ 07:03
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި
ރާއްޖެއެމްވީ
ކުނި މެނޭޖްކުރުން
ރަޖިސްޓްރީ ނުކޮށް ކުނި ބޭރުކުރާ މައްސަލައިގައި ބޭނުންވަނީ ގާނޫނީ ހައްލެއް – ވެމްކޯ
ޔުޓިލިޓީ ބިލެއްގައި ކުނި ފީ ހިމަނަން ވަނީ ހުށަހަޅާފައި
ރަޖިސްޓްރީ ނުކޮށް ކުނި ނެރޭ މައްސަލަ ބޮޑު

ރަޖިސްޓްރީނުކުރާ ގޭބެސީތަކުން ކުނި ނެރޭ މައްސަލައަށް ހައްލެއް އަންނާނީ ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ ކުންޏަށް ޒިންމާވާންޖެހޭ ކަމަށާއި، ކޮންމެ ގެއަކުން ވެސް ކޮންމެވެސް މިންވަރެއްގެ ކުންޏެއް އުފައްދާނެ ކަމަށެވެ. އަދި ޒިންމާ ކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި ވެމްކޯއިން މަސައްކަތް ކުރަމުންދަނީ އެހެނިހެން ޔުޓިލިޓީ ޚިދުމަތްތަކާއެކީގައި ބިލް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިގެން ދިޔުން ކަމަށެވެ.

އަދި އެކަމާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މަޖިލީހަށް ލާފައި އޮތް ކުނި މެނޭޖްކުރުމާއި ބެހޭ ބިލު ފާސްވެގެން އަންނަ އިރު ރަޖިސްޓްރީ ނުކޮށް ކުނި ނެރޭ މައްސަލައިގައި ގާނޫނީގޮތުން ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ކުނި މެނޭޖްކުރުމާއި ބެހޭ ބިލުގެ ހަވަނަ ބާބުގައި ބުނެފައިވަނީ ޔުޓިލިޓީ ސަރވިސް ބިލުގެ ގޮތުގައި ކަނޑައަޅާ ފީ ބަލައިގަންނަންވާނީ އެ ބިލެއްގައި ހިމެނޭ ހުރިހާ ހިދުމަތަކާ އެއްކޮށް ކަމަށެވެ.

މީގެ ކުރިން އެންވަޔަރމަންޓް މިނިސްޓްރީން ބުނެފައިވަނީ ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ވަރަށް ގިނަ ކަމަށާއި، އެކަމަށް ހައްލު ގެނައުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތަށް އޮތް އެންމެ ބޮޑު ހައްލަކީ ކޮންމެވެސް ޔުޓިލިޓީ ބިލެއްގެ ތެރެއަށް އެބައި ލައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

- ކޮމެންޓް