ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 05:34
ބީއެމްއެލްގެ އެހީ
ބީއެމްއެލްގެ އެހީ
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ އެހީ
ބޭނުންޖެހިފައިވާ 150ށް ވުރެ ގިނަ އާއިލާތަކަށް ބީއެމްއެލްގެ އެހީ
ބީއެމްއެލް އިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު އާއިލާތަކަށް އެހީވުމަށް އާކްއަށް 100،000ރ. ހަދިޔާކޮށްފައި

ބޭނުންޖެހިފައިވާ 150 އަށް ވުރެ ގިނަ އާއިލާއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބޭނުންޖެހިފައިވާ އާއިލާތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެ ފަަދަ ފަރާތްތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖު ފޮނުވައިގެން ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެފަދަ އެހީއެއް ފޯރުކޮށްދީފައި ވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެންކަމަށެވެ. ބީއެމްއެލް އިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެންނެވެ.

ފާއިތުވި ހަފްތާ ބަންދާއި ދިމާކޮށް ފެށި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް އައި އިރު 150 އަށް ވުރެ ގިނަ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖް ފޮނުވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މިޕްރޮގްރާމަކީ މާލެ ސަރަހައްދުގައި ތިބި އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު އާއިލާތަކަށް އެހީވުމަށް އާކްއަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް