ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 16:16
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެް އެއް ފަަރަށް އަރައިފި
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެް އެއް ފަަރަށް އަރައިފި
ސޯޝަލްމީޑިއާ
ތިލަމާލެ ބްރިޖު ސަރަހައްދުގައި ހިނގި ހާދިސާ
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަަރަށް އަރާ، ބަޔަކަށް އަނިޔާ ވެއްޖެ
 
މި ހާދިސާގައި 3 މީހަކަށް އަނިޔާވެފައިވޭ، ބޮޑު އަނިޔާ އެއް ނުވޭ: ފުލުހުން
 
އެ ޕްލެޓްފޯމް ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 14:25 އެހާއިރު
 
އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ މިހާރު ބަލަމުން

ތިލަމާލެ ބްރިޖު އެޅުމަށް ސާވޭ ކުރުމުގެ މަސައްކަތަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމް އެއް ފަރަށް އަރައިފިއެވެ.

އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ ވިލިގިލީ ބޭރު ސަރަހައްދަށެވެ. މި ހާދިސާގައި އެ ޕްލެޓްފޯމް ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ފާހަގަކުރެވިފައި ވަނީ 14:25 އެހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހިސާބުން ވިލިގިލީ ފުލުހުން މި މައްސަލަ އަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ހާދިސާގައި 3 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަނިޔާވި މީހުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އޭގެ ތެރެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާ އެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ މިހާރު ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
40%
0%
0%
40%
0%
20%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި