ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 15:58
ސަވާދީއްތަ ދަތުރުގެ ތެރެއިން
ސަވާދީއްތަ ދަތުރުގެ ތެރެއިން
ޓްވިޓަރ
ސަވާދިއްތަ ދަތުރު - 2
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
ސަވާދިއްތަ ދަތުރު ކުރިއަށް ދާނީ 2023 ވަނަ އަހަރުގެ މަރޗް 1-13 އަށް
މި ދަތުުރުގައި ކުރިން ނުފެންނަ އާ ކަންކަން ފެނިގެން ދާނެ
މިފަހަރު ޔޮޓުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށް

ލޯކަލް ޓުއަރިޒަމް އަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމްކުރުާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަންގެ މަސައްކަތް ކުރިއަށް ދާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްއައިޓީޑީސީއިން ބުނެފިއެވެ.

ސަވާދިއްތަ ދަތުރާއި ގުޅޭ ގޮތުން މިއަދު ބޭއްވި ޒޫމް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ ސާވާދިއްތައިގެ ފުރަތަމަ ދަތުރު ވަރަށް ކާމިޔާބުކަމަށާއި އެ ދަތުރުގެ ތަޖުރިބާގެ އަލީގައި މި ފަހަރުގެ ދަތުރަކީ ކުރިއަށް ވުރެ ފުރިހަމަ ދަތުރަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ މަރޗް 1-13 އަށް ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ކުރިއަށްގެންދާއިރު އެ ދުވަސްވަރަކީ މޫސުމީ ގޮތުން ބަލާއިރު ރާއްޖެ އަށް ދަތުރުކުރަން އެންމެ ރަނގަޅު ދުވަސްވަރުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަރު ޔޮޓުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކާއެކު މަޝްވަރާކޮށް، ރާއްޖޭގައި މިފަދަ ރެލީއެއް ބޭއްވޭނެ އެންމެ ރަނގަޅު ގޮތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މި ފަހަރުގެ ރެލީގައި ކުރިއަށް ވުރެ ގިނަ، ކުރިއަށް ވުރެ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރީ ފަހަރު ދިމާވި ހިތި ތަޖުރިބާގެ އަލީގައި ކަންކަން ދަސްކޮށް ވީހާވެސް ފުރިހަމަ ދަތުރެއް އިންތިޒާމް ކުރުން އަމާޒަކީ. ފުލުހުންނާއި ކަމާއި ބެހޭ ފަރާތްތަކުން އެކުގައި ތިބެނީ ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން. އެއްވެސް ހާލެއްގައި ނުރައްކަލެއް އޮވެގެންނެއް ނޫން. މި ފަހަރު ކުރިން ނުފެންނަ އާ ކަންކަން ވެސް ފެނިގެންދާނެ ދަތުރުގެ ތެރެއިން
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި 7 ވަނަ މެރިން އެކްސްޕޯގައެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ އިންތިޒާމްގެ ކަންކަން މިހާރު ކުރިއަށްދާއިރު އެ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކާ ރާއިދު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ނ. އަތޮޅުން އަރިއަތޮޅާ ހަމައަށް މީހުން ދިރިއުޅޭ 9 ރަށަކަށާއި 2 ފަޅުރަކަށް ޔޮޓުތައް ދަތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ފަޅު ރަށްތަކަަށް ދަނީ ކޭމްޕް ކުރާ ގޮތަށްކަމަށާއި ފުރަތަމަ އެޑިޝަން އާއި އެއްގޮތަށް، ގާލާ ނައިޓް ބާއްވާނީ ރިސޯޓެއްގައި ކަމަށެވެ. ހަމައެހެންމެ މި ފަހަރުގެ ރެލީގައި ސްކޫބާ ޑައިވިންގެ ފުރުސަތު ފަހިކޮށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. މި ދަތުރުގެ ޑޮކިއުމަންޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މީގެ ސަބަބުން އެ ދަތުރުގެ ބައިވެރިން ދިޔަ ރަށްތައް ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.

ސަވާދީއްތަ ދަތުރުގެ ޚިޔާލު އުފެދިގެން އައީ ވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. 2019 ވަނަ އަހަރު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ކާބަފައިން އުޅުނު ގޮތާއި ކުރި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މިހާރު ތަރިކައަކީ ވެސް އިގްތިސާދުގެ ބައެއް ކަމުން ފަތުރުވެރިން ގައުމަކަށް ޒިޔާރަތްކުރާ ސަބަބުތަކުގެ ތެރޭގައި އެ ގައުމެއްގެ ސަގާފަތާއި ތަރިކަ ބަލައި ހޯދުން ހިމެނޭކަން ރައީސް ވަނީ ފާހަަކުރައްވާފައެވެ.

- ކޮމެންޓް