ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 14:50
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ސޯޝަލް މީޑިއާ
އަލަމްގީރުގެ މައްސަލައިގެ ތަހުގީގު
އަލަމްގީރުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހަދަން: ޕީޖީ
މި މައްސަލައާ ގުޅިގެން ސަރުކާރާއި، ތައުލީމީ ދާއިރާ އަދި އިދާރާތަކަށް ނިސްބަތްވާ ބައެއް މީހުން ވަނީ ސަސްޕެންޑުކޮށްފައި
ބަންދުގެ އެއްބަސްވުމެއް އެކުލަވާލަން އެދިފައި ނުވާނެ ކަމަށް ނުބުނަން
ވީޑިއޯތަކުން ފެންނަ މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

ގިނަ އަދަދެއްގެ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލްމްގީރު އާއެކު މިހާތަނަށް އައި އިރު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މާލޭގެ އެޕާޓްމެންޓެއްގައި އަލަމްގީރު ތަފާތު އެކި މީހުންނާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް މިދިޔަ މަރޗް މަހު ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި މައްސަލަތަކާއި ގުޅިގެން އަލަމްގީރު ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

ތަޙުޤީޤުގެ މަރުހަލާގައި އަލަމްގީރުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާނެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މިހާތަނަށް އައި އިރު އެފަދަ އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން ޝަފީއު ވަނީ އެފަދަ އެއްބަސްވުމެއް ހެދުމަށް ތަހުގީގައި އަލަމްގީރުގެ ކިބައިން އެދިފައި ނުވާ ކަަމަށް ބައެއް މިޑިއާތަކުގައި އޭނާ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޖިނާއީ އިޖުރާއަތު ބުނާ ގޮތުން ނަމަ ދައުލަތަށް އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ކުޑަ ނޫން އަދަބަކަށް އެ މީހެއްގެ އަދަބު ލުއި ކޮށްދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

އަލަމްގީރު ވަނީ އެތައް ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގާ އެ މަންޒަރު ރެކޯޑުވެސް ކޮށްފައެވެ. އަދި އެ މީހުން ދެނެގަތުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ކުރާ އިރު މި މައްސަލަ އާއި ގުޅިގެން ބައެއް ވުޒާރާތަކާއި، ތައުލީމި ދާއިރާ އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާ ފަދަ ޔުނިފޯމް އެޅި މުއައްސަސާތަކުގެ މީހުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

- ކޮމެންޓް