ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 16:27
ޑްރޮޕް ނީގެ ސެމީން ޖާގަ ހޯދުމަށްފަހު ކުޑަ އައްޔަ އުފާފާޅުކުރަނީ
ޑްރޮޕް ނީގެ ސެމީން ޖާގަ ހޯދުމަށްފަހު ކުޑަ އައްޔަ އުފާފާޅުކުރަނީ
ރާއްޖެ އެމްވީ
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ހުއްޓުމެއްނެތި ކުޑަ އައްޔަ ކުރިޔަށް، ޑްރޮޕް ނީ ބައިންވެސް ސެމީއަށް
 
ވަޒްކޭޒްގެ މައްޗަށް ކުޑަ އައްޔަ ކުރިހޯދީ ދެ ރާޅުން ޖުމުލަ 7.75ގެ ސްކޯރއެއް ހޯދައިގެން

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޑްރޮޕް ނީގެ ސެމީ ފައިނަލުން ރާއްޖޭގެ އަލީ ޚުޝްރުވާން އަހުމަދު (ކުޑައައްޔަ) ޖާގަހޯދައިފިއެވެ.

ސެމީގެ ޖާގަ ކުޑަ އައްޔަ ހޯދީ މިއަދު މެންދުރުފަހު ކުރިއަށް ދިޔަ ތިންވަނަ ރައުންޑުގެ ހަތަރު ވަނަ ހީޓުން ކުރި ހޯދައިގެންނެވެ. މި ހީޓުގައި ކުޑަ އައްޔަ ވާދަކުރީ ޗިލީގެ ޔާކޯ ވަޒްކޭޒްއާއެވެ. ވަޒްކޭޒްގެ މައްޗަށް ކުޑަ އައްޔަ ކުރިހޯދީ ދެ ރާޅުން ޖުމުލަ 7.75ގެ ސްކޯއެއް ހޯދައިގެންނެވެ. އެއީ ތިންވަނަ ރާޅުގައި ލިބުނު 4.24 އާއި ހަތަރު ވަނަ ރާޅުގައި ލިބުނު 3.50 ސްކޯރއިންނެވެ. އައްޔައާ ވާދަކުރި ވަޒްކޭޒަށް ދެ ރާޅުން ލިބުނީ 5.40ގެ ސްކޯރއެކެވެ. އެއީ ފުރަތަމަ ރާޅުގައި ލިބުނު 2.50އާއި ތިން ވަނަ ރާޅުގައި ލިބުނު 2.90 ސްކޯރއެކެވެ.

ޑްޕޮޕް ނީގެ ސެމީ ފައިނަލްގައި ކުޑަ އައްޔަ ނިކުންނާނީ ޑޭވިޑް ހުބާޑާ ދެކޮޅަށެވެ. ހަވާއީއަށް ނިސްބަތްވާ ހުބާޑްއަކީ މިވަގުތު ޑްރޮޕް ނީގައި ދުނިޔޭގެ އެއްވަނަ ރޭންކުގައި އޮތް އެތުލީޓެވެ.

ޑްރޮޕް ނީގެ އިތުރުން ކުޑަ އައްޔަ ވަނީ ފިިރިހެނުންގެ އޯޕަން ބައިގެ ކުއާޓަރ ފައިނަލުން ވެސް ޖާގަހޯދާފައެވެ. މި ބައިގެ ކުއާޓަރ ފައިނަލްގައި އައްޔަ ނުކުންނާނީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޓަނާ މެކްޑެނިއެލްއެވެ. މީގެ ކުރިން އައްޔައާއި ޓަނާ ވަނީ ދެފަހަރު ވާދަކޮށްފައެވެ. ފުރަތަމަ ބުރުގައި އައްޔަގެ މައްޗަށް ޓަނާ ކުރިހޯދިނަމަވެސް، ތިންވަނަ ބުރުގައި އައްޔަ ވަނީ ޓަނާގެ މައްޗަށް ކުރިހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް