ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 11:58
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ / ފޮޓޯ - އަދަދު
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ / ފޮޓޯ - އަދަދު
ކުޅިވަރާ ބެހޭ ވުޒާރާ
އައިބީސީ
"މޯލްޑިވްސް ޕްރޯ" މިއަހަރުގެ އޯގަސްޓު މަހު
މޯލްޑިވްސް ޕްރޯ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުން 12 ވަނަ ދުވަހަށް

އިންޓަނޭޝަނަލް ބޯޑީބޯޑިންގ ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއަރގައި މިއަހަރުވެސް "މޯލްޑިވްސް ޕްރޯ" ބާއްވަން ނިންމައިފިއެވެ.

އައިބީސީން މިއަހަރަށް އެކުލަވާލި ކަލަންޑަރު ހާމަކޮށްފައިވާއިރު، މޯލްޑިވްސް ޕްރޯ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުން 12 ވަނަ ދުވަހަށެވެ. މިއަހަރު ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޕްރޯއަކީ އައިބީސީން މިއަހަރުގެ ތެރޭގައި ބާއްވާ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އައިބީސީގެ ވޯލްޑް ޓުއަރ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގައި ބޭއްވި ޓުއަރއަކީ އޭޝިއާ ސަރަހައްދުގައި ބޭއްވި އައިބީސީގެ ފުރަތަމަ ވޯލްޑް ޓުއަރއެވެ. އެ މުބާރާތަށްފަހު އައިބީސީން ވަނީ މުބާރާތަށް ރާއްޖޭގެ އިންތިޒާމުތައް ފުރިހަމަކަމާއި، ކާމިޔާބުކަން ފާހަގަކޮށްފައެވެ.

އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ވަނީ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. މީގެ އިތުރުން ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ވަނީ ޖޫނިއަރ ބައިގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އައިބީސީން އަހަރު ނިންމާލިއިރު، ކުޑަ އައްޔައާއި އާމިން ވަނީ ދުނިޔޭގެ ރޭންކިންއަށް ވެސް ޖެހިލާފައެވެ.

- ކޮމެންޓް