ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 14:53
އަންހެނުންގެ ޗެމްޕިއަންކަން ހޯދި އިޒަބެލާ
އަންހެނުންގެ ޗެމްޕިއަންކަން ހޯދި އިޒަބެލާ
އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
އަންހެނުންގެ ޗެމްޕިއަންކަން ބްރެޒިލްގެ އިޒަބެލާ ސޫސާއަށް
 
އިޒަބެލާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އެލެގްޒެންޑާ ރިންޑާގެ މައްޗަށް ކުރިހޯދައިގެން

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ އަންހެނުންގެ ބައިގެ ޗެމްޕިއަންކަން ބްރެޒިލްގެ އިޒަބެލާ ސޫސާ ހޯދައިފިއެވެ.

އިޒަބެލާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އެލެގްޒެންޑާ ރިންޑާގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ދެ އެތުލީޓުންނަކީވެސް ދުނިޔޭގެ ރޭންކިންގައި ހިމެނޭ ދެ އެތުލީޓުންނެވެ. އެގޮތުން އިޒަބެލާއަކީ މިވަގުތު ރޭންކިންގގެ ތިންވަނާގައި އޮތް އެތުލީޓެވެ. އަދި އެލެގްޒެންޑާއަކީ ރޭންކިންގެ ހަތް ވަނައިގަ އޮތް އެތުލީޓެވެ.

ފައިނަލް ހީޓުގައި ވާދަކޮށް އިޒަބެލާ ޗެމްޕިއަންކަން ހޯދީ ޖުމުލަ 16.00ގެ ސްކޯއަކުންނެވެ. އެއީ ހަތްވަނަ ރާޅުގައި ލިބުނު 7.00 ސްކޯއާއި ފަހު ރާޅުގައި ލިބުނު 9.00ގެ ސްކޯއިންނެވެ. ދެވަނަ ލިބުނު އެލެގްޒެންޑާއަށް ޖުމުލަ ލިބުނީ 9.75ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުގައި ލިބުނު 5.25 ސްކޯއާއި ފަހު ރާޅުގައި ލިބުނު 4.50 ސްކޯއިންނެވެ. މި ދެ އެތުލީޓުންގެ ދެމެދުގައި ހުރީ 6.25 ސްކޯގެ ތަފާތެކެވެ.

މިއަދު ކުރިއަށްދިޔަ ޑްރޮޕް ނީގެ ޗެމްޕިއަންކަން ހޯދީ ޑޭވިޑް ހަބާޑްއެވެ. އަދި ޖޫނިއަރ ބައިގެ ޗެމްޕިއަންކަން ހޯދީ ގެބްރިއަލް މޮލީނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް