ކ. މާލެ
|
10 ޖޫން 2024 | ހޯމަ 14:17
މޯލްޑިވްސް ޕްރޯ 2024 ލޯންޗު ކުރުމުގެ ތެރެއިން
މޯލްޑިވްސް ޕްރޯ 2024 ލޯންޗު ކުރުމުގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މޯލްޑިވްސް ޕްރޯ 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް

އައިބީސީގެ ވޯލްޑް ޓުއާ އިވެންޓް، ވިވިޓް މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

ހޯމަ ދުވަހު ހެންވޭރު ބޯޅަ ގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް ލޯންޗުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޟް އަދި ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމް)ގެ ރައީސް އަދި ޖެނަރަލް ސެކްރެޓަރީ ވެސް ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ. މިއަހަރުގެ މުބާރާތުގައި ވެސް ތިން ޑިވިޝަން ކުރިއަށް ދާނެ އެވެ. އެއީ މެންސް އޯޕަން، ވޮމެންސް އޯޕަން އަދި ޕްރޯ ޖޫނިއާ ޑިވިޝަން އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭން 15 އެތުލީޓަކު ވާދަކުރާނެ އެވެ. މީގެ އިތުރުން މެންސް އޯޕަން އަދި ޕްރޯ ޖޫނިއާ ބައިން ރާއްޖޭގެ ކޮންމެ ވެސް އެެއް އެތުލީޓަކަށް ވައިލްޑް ކާޑު ލިބޭނެ އެވެ. އެ އެތުލީޓު މުބާރާތް ފަށާނީ ތިން ވަނަ ބުރާ ހަަމައިންނެވެ. އެއީ މުބާރާތް ހޯސްޓު ކުރާ ޤައުމުގެ ޙައްސިއްޔަތުން ރާއްޖެ އަށް ލިބޭ ފުރުސަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް