ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 13:57
ޑޭވިޑް ހަބާޑް
ޑޭވިޑް ހަބާޑް
އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ޑްރޮޕްނީގެ ޗެމްޕިއަންކަން، ރޭންކިންގގެ އެއްވަނަ ހާބާޑަށް
 
ފައިނަލް ހީޓުގައި ހާބާޑް ވާދަކުރީ ރޭންކިންގގެ ތިންވަނަ އަމައުރީ ލަވާންހޭއާ

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން ޑޭވިޑް ހާބާޑް ހޯދައިފިއެވެ.

ހާބާޑަކީ މިވަގުތު ޑްރޮޕްނީ ކެޓަގަރީން ދުނިޔޭގެ ރޭންކިންގގެ އެއްވަނަ މަގާމުގައި އޮތް އެތުލީޓެވެ. ފައިނަލް ހީޓުގައި ހާބާޑް ވާދަކުރީ ރޭންކިންގެ ތިންވަނަ އަމައުރީ ލަވާންހޭއާއެވެ. އަމައުރީގެ މައްޗަށް ހާބާޑް ކުރިހޯދީ 4.25 ސްކޯގެ ތަފާތަކުންނެވެ.

ހާބާޑް ވަނީ ފައިނަލް ހީޓުގައި ޖުމުލަ 16.00ގެ ސްކޯއެއް ހޯދާފައެވެ. އެއީ ދެ ވަނަ ރާޅުގައި އޭނާއަށް ލިބުނު 9.00 ސްކޯއާއި ފަހު ރާޅުގައި ލިބުނު 7.00 ސްކޯއިންނެވެ. ދެ ވަނަ ހޯދި އަމައުރީއަށް ލިބުނީ ޖުމުލަ 11.75ގެ ސްކޯއެކެވެ. އެއީ ދެ ވަނަ ރާޅުގައި ލިބުނު 5.50ގެ ސްކޯއާއި ފަހު ރާޅުގައި ލިބުނު 6.25ގެ ސްކޯއިންނެވެ.

މުބާރާތުގައި މިއަދު ކުރިއަށްދަނީ ފައިނަލް ހީޓުތަކެވެ. ޖޫނިއަރ ޕްރޯގެ ޗެމްޕިއަންކަން ހޯދީ ގެބްރިއަލް މޮލީނާއެވެ. ދެން މިއަދު ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ހީޓުގެ ފައިނަލް ތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް