ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 16:19
ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ހާބާޑް
ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ހާބާޑް
އައިބީސީ ބޮޑީބޯޑިންގ ވޯލްޑް ޓުވަރ
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ފަހު ވަގުތު ތަފާތު ދައްކައި ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ވެސް ހާބާޑް ހޯދައިފި
ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހާބާޑް ހޯދީ ފަހު ރާޅުގައި ތަފާތު މޮޅު ހުނަރެއް ދައްކައި ސްކޯ ކޮށްގެން

"ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ނަމުގައި ކުރިޔަށް ދިޔަ ބޮޑީބޯޑިންގ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ޑޭވިޑް ހާބާޑް ހޯދައިފިއެވެ.

އެހެން ގައުމުތަކުގެ ބޮޑީބޯޑަރުންވެސް ވާދަކުރި މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ފައިނަލް ހީޓުގައި ހާބާޑް ވާދަކުރީ ދުނިޔޭގެ ރޭންކިންގައި ވެސް ހިމެނޭ އަމައުރީ ލަވާންހޭއާއިއެވެ. މީގެ ކުރިން ވެސް މި ދެ އެތުލީޓުންވަނީ މުބާރާތުގައި ވާދަކޮށްފައެވެ. އެއީ މިއަދު ކުރިއަށް ދިޔަ ޑްރޮޕް ނީގެ ފައިނަލްގައެވެ. އެ ބައިގެ ފައިނަލްގައި ވެސް ހާބާޑް ވަނީ އަމައުރީގެ މައްޗަށް ކުރި ހޯދާފައެވެ. ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހާބާޑް ހޯދީ ފަހު ރާޅުގައި ތަފާތު މޮޅު ހުނަރެއް ދައްކައި ސްކޯ ކޮށްގެންނެވެ.

ފައިނަލް ހީޓުގައި ހާބާޑްއަށް ޖުމްލަ ލިބުނީ 14.50 ސްކޯއެކެވެ. އެއީ 10 ވަނަ ރާޅުގައި ލިބުނު 6.50 ސްކޯ އާއި ފަހު ރާޅުގައި 8.00 ގެ ސްކޯއެއް ހޯދައިގެންނެވެ. ހާބާޑާއާއި ވާދަކޮށް ދެ ވަނަ ލިބުނު އަމައުރީއަށް ޖުމުލަ ލިބުނީ 14.40 ސްކޯއެކެވެ. އަމައުރީގެ މައްޗަށް ހާބާޑަށް ކުރި ހޯދުނީ 0.10 ސްކޯގެ ތަފާތަކުންނެވެ. އަމައުރީއަށް ދެ ވަނަ ރާޅުގައި 7.25 ގެ ސްކޯއެއް ލިބުނުއިރު، ހަތަރު ވަނަ ރާޅުގައި ލިބުނީ 7.15 ގެ ސްކޯއެކެވެ.

މި ކާމިޔާބާއެކު ހާބާޑް ވެގެން ދިޔައީ، ރާއްޖޭގައި ބޭއްވި ވޯލްޑް ޓުވަރ އިވެންޓުގެ އެންމެ ކާމިޔާބު އެތުލީޓަށެވެ. މިއަދު ކުރިއަށް ދިޔަ އެހެން ފައިނަލް ތަކަށް ބަލާއިރު. ޖޫނިއަރ ބައިގެ ޗެމްޕިއަންކަން ހޯދީ ގެބްރިއަލް މޮލީނާއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިޒަބެލާ ސޫސާއެވެ. ޑްރޮޕް ނީގެ ޗެމްޕިއަންކަން ހޯދީ ހާބާޑްއެވެ.

- ކޮމެންޓް