ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 12:48
ހީޓު ކާމިޔާބުުކުރުމަށްފަހު ކުޑަ އައްޔަ އުފާ ފާޅުކުރަނީ
ހީޓު ކާމިޔާބުުކުރުމަށްފަހު ކުޑަ އައްޔަ އުފާ ފާޅުކުރަނީ
ޝައިހާން ޒަރީރް
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ތަފާތު ދައްކައި މަތީ ފަންތީގައި ހިމެނޭ ޔަން ސަލައުން ކަޓުވާލައި ރާއްޖޭގެ ކުޑަ އައްޔަ ކުއާޓާއަށް
 
ކުޑަ އައްޔައާ ވަދަކުރީ ސަލައުން އަކީ އައިބީސީ ރޭންކިންގެ ގަދަ 24 ގައި ވެސް ހިމެނޭ އެތުލީޓެއް

ވިޒްޓް މޯލްޑިވްސް ޕްރޯ 2022 ގެ ފިރިހެން ބައިގެ ހަތަރު ވަނަ ބުރުގައި ވާދަކޮށް، މަތީ ފަންތީގައި ހިމެނޭ ފްރާންސްގެ ޔަން ސަލައުން ކަޓުވާލައި ރައްޖޭގެ އަލީ ޚުޝްރުވާން އަޙުމަދު (ކުޑަަ އައްޔަ) ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއަދު މެންދުރު ކުރިއަށް ދިޔަ ހީޓުގައި ކުޑަ އައްޔައާ ވަދަކުރީ ސަލައުން އަކީ އައިބީސީ ރޭންކިންގެ ގަދަ 24 ގައި ވެސް ހިމެނޭ އެތުލީޓެކެވެ. އޭނާގެ މައްޗަށް އައްޔަ ކުރި ހޯދީ ފަހު ވަގުތުގައި ތަފާތު ދައްކައިގެންނެވެ.

ހީޓުގެ ކުރީ ކޮޅު އައްޔަ ލީޑުު ނެގި ނަމަވެސް، ސަލައުން ވަނީ ލީޑު ހޯދާފައެވެ. ނަމަވެސް ފަހު ވަގުތު 6.50 ގެ ސްކޯއެއް ހޯދައި އައްޔަ ވަނީ ހީޓު ކާމިޔާބުކޮށްފައެވެ. ހީޓު އައްޔަ ކާމިޔާބުކުރީ ޖުމުލަ 12.15 ސްކޯއެއް ހޯދައިގެންނެވެ. އެއީ ތިން ވަނަ ރާޅުގައި ލިބުނު 5.65 ގެ ސްކޯއާއި ފަހު ރާޅުގައި ލިބުނު 6.50 ގެ ސްކޯއިންނެވެ. ސަލައުންނަށް ލިބުނީ ޖުމުލަ 11.15 ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުގައި އޭނާއަށް ލިބުނު 6.25 ސްކޯ އާއި ފަސް ވަނަ ރާޅުގައި ލިބުނު 4.90 ސްކޯއިންނެވެ.

މީގެ ކުރިން އައްޔަ ވަނީ ތިންވަނަ ބުރުގައި މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ޓަނާ މެކް ޑެނިއަލްގެ މައްޗަށް ކުރި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް