ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 10:54
ފައިނަލުން ޖާގަ ހޯދި އާމިން މޫސާ
ފައިނަލުން ޖާގަ ހޯދި އާމިން މޫސާ
އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ޖޫނިއަރ ބައިގެ ފައިނަލުން އާމިން ޖާގަ ހޯދައިފި
ފައިނަލްގެ ޖާގަ އާމިން ހޯދީ މިއަދު ކުރިއަށް ދިޔަ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ޝިމާލް ޝަމީމާ ވާދަކޮށް

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޕްރޯ ޖޫނިއަރ ބައިގެ ފައިނަލުން ރާއްޖޭގެ އާމިން މޫސާ ޖާގަ ހޯދައިިފިއެވެ.

ފައިނަލްގެ ޖާގަ އާމިން ހޯދީ މިއަދު ކުރިއަށް ދިޔަ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ޝިމާލް ޝަމީމާ ވާދަކޮށެވެ. ވާދަވެރިކޮށް ދިޔަ މި ހިީޓުގައި އާމިން 7.5 ސްކޯއެއް ހޯދިއިރު، ޝިމާލަށް ލިބުނީ 7 ޕޮއިންޓެވެ. އާމިން އެއްވަނަ ހޯދީ ފުރަތަމަ ރާޅުގައި ލިބުނު 4.50 އާއި ފަހު ރާޅުގައި ލިބުނު 3.00 ގެ ސްކޯއަކުންނެވެ. ދެވަނަ ލިބުނު ޝިމާލް ވަނީ ދެވަނަ ރާޅުގައި 3.00 އަދި ފަސް ވަނަ ރާޅުގައި 4.00 ގެ ސްކޯއެއް ހޯދާފައެވެ.

މި ބައިގެ ފައިނަލުން ދެން ޖާގަ ހޯދީ ދެވަނަ ހީޓުގެ އެއްވަނަ ލިބުނު ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އެވެ. ދެވަނަ ހީޓުގައި އޭނާ ވަނީ ރާއްޖޭގެ ޖަރީޝް ޖިހާދުގެ މައްޗަށް ކުރި ހޯދާފައެވެ. މި ހީޓުގައި ގެބްރިއެލް ވަނީ ޖުމުލަ 12.25 ގެ ސްކޯއެއް ހޯދާފައެވެ. ޖަރީޝަށް ލިބުނީ 3.05 ގެ ސްކޯއެކެވެ.

- ކޮމެންޓް