ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 07:56
ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން
ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ލިވަޕޫލުން އައު ސީޒަނަށް ތައްޔާރުވުން
ލިވަޕޫލުން ޕްރީ ސީޒަން ނިންމާލަން ޖެހުނީ ބައްޔަކާއެކު
އެކުވެރިކަމުގެ ފަހު މެޗުގައި ލިވަޕޫލް ވަނީ ސްޓްރަސްބާގް އަތުން 3-0 ން ބަލިވެފައި

ބައްޔަކާއެކު ޕްރީ ސީޒަން ނިންމާލަން ލިވަޕޫލަށް ޖެހިއްޖެއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި ލިވަޕޫލް ވަނީ ސްޓްރަސްބާގް އަތުން 3-0 ން ބަލިވެފައެވެ. އައު ސީޒަން ފެށުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލުން ވަނީ ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކޮށްފައެވެ.

މެޗުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޮޮޕް ބޭނުން ކުރީ ބެންޗު ޓީމެވެ. މުހިންމު ގިނަ ކުޅުންތެރިންނަށް ކޯޗު ވަނީ ރެސްޓް ދީފައެވެ. މުހިންމު ކުޅުންތެރިން ނުހިމަނައި ލިވަޕޫލުން ކުޅުނު މެޗުގައި ސްޓްރަސްބާގްގެ ތިން ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ހަތަރު ވަނަ މިނެޓުގައި ޖެހީ އެޑްރިއަން ތޮމަސަންއެވެ. އޭގެ ދިނަ މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ ޑިއަލޯއެވެ. ސްޓްރަސްބާގްގެ ފަހު ލަނޑު 21 ވަނަ މިނެޓުގައި ޖެހީ ވެސް ތޮމަަސަންއެވެ.

އައު ސީޒަންގެ ޕްރިމިއަރ ލީގުގައި ލިވަޕޫލްގެ ފުރަތަމަ މެޗުގައި އޮގަސްޓު ހަ ވަނަ ދުވަހު އެ ޓީމު ނިކުންނާނީ ފުލްހަމާ ދެކޮޅަށެވެ. އޮގަސްޓު 16 ވަނަ ދުވަހު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭއިރު، 23 ވަނަ ދުވަހު ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

- ކޮމެންޓް