ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 12:27
އަލްއުސްތާޛު ޒުބައިރު މުހައްމަދު
އަލްއުސްތާޛު ޒުބައިރު މުހައްމަދު
ފަނޑިޔާރުންގެ ޖަމިއްޔާ
ގާޒީ ޒުބައިރު އިސްތިއުފާދެއްވުން
ސިވިލް ކޯޓުގެ ގާޒީގެ މަގާމުން ޒުބައިރު އިސްތިއުފާދެއްވައިފި
ޒުބައިރު ވަނީ 14 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަން ކުރައްވާފައި

ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛު ޒުބައިރު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ޖުލައި 17 އިން ފެށީގެން ސިވިލް ކޯޓުގެ ގާޒީގެ މަގާމުން ޒުބައިރު އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

އަލްއުސްތާޛު ޒުބައިރު މުޙައްމަދަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ.ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި އަލްއުސްތާޛު ޒުބައިރު މުޙައްމަދު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައިވެސް އަލްއުސްތާޛު ޒުބައިރު މުޙައްމަދު ވަނީ މަސައްކަތް ކުރައްވާފައެވެ. 

ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (1) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅިގެން 2022 ޖުލައި 17 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޒުބައިރު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

- ކޮމެންޓް
19 ޖުލައި 2022 | އަންގާރަ 12:30
ރިޒްމީނާ
އަލިޕީއާ އެއްކޮށް ހިންގަވާފައި ހުރި ޖަރީމާތަކާއި، މައްސަލައެއްގެ ޚަޞްމެއްގެ އަތުން ލޯނު ނެގި މައްސަލައިގައި ފިޔަވަޅު އަޅަން އުޅޭކަން އެނގުމުން އިސްތިއުފާ ދެއްވީ. ކުޑަމިނުން ވަކިވުމުން ގުރޫޕުގައި ހަމްދަރުދީ ފާޅުކޮށްލާނެ ފަނޑިޔާރަކުވެސް ނުވި. ވަރައް ވާހަކަ