ކ. މާލެ
|
13 ޖުލައި 2022 | ބުދަ 21:48
އައިޓީއޭ އެއަރވޭސް
އައިޓީއޭ އެއަރވޭސް
ސީ.އެން.އެން
އިޓަލީގެ ގައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރު
އިޓަލީގެ ގައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ
 
އެ އެއަރލައިންގެ ދަތުރުތައް ހަފުތާއަކު 3 ދުވަހު ބާއްވާނެ
 
އައިޓީއޭގެ ދަތުރުތައް ފަށާނީ ޑިސެމްބަރުގައި

އިޓަލީގެ ގައުމީ އެއަރލައިން، އައިޓީއޭ އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އެ އެއަރލައިނުން ބުނެފައިވާގޮތުގައި މި ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. މި ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ރޯމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް 26 މާރޗް 2023އާ ހަމައަށް އޮންނާނެކަމަށް އައިޓީއޭ އެއަރވޭސްއިން ބުނެއެވެ. އެގޮތުން ކޮންމެ ހަފުތާއަކު 3 ދަތުރުކުރާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

އިޓަލީއަކީ ރާއްޖެއަށް މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެކެވެ. އެ ގައުމު މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 5 ވަނައިގައި އޮތްއިރު، އަހަރުގެ ފަހުކޮޅު އަންނަ ފަތުރުވެރިން އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ޖުލައި 5 ވަނަ ދުވަހާ ހަމައަށް އިޓަލީން 49،828 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 5.9 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް