ކ. މާލެ
|
13 ޖުލައި 2022 | ބުދަ 09:47
ޔުނައިޓެޑުން ޓްރޮފީއާ ހަވާލުވަނީ
ޔުނައިޓެޑުން ޓްރޮފީއާ ހަވާލުވަނީ
ރޮއިޓާސް
ތައިލެންޑް ސެންޓީނަރީ ކަޕް
ޓެން ހާގް އިރުޝާދު ދިން ފުރަތަމަ މެޗުން ޔުނައިޓެޑު މޮޅުވެއްޖެ
ޔުނައިޓެޑުން ލިވަޕޫލް ބަލުކުރީ 4-0 ން

މެންޗެސްޓަރ ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގް އިރުޝާދު ދިން ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ޔުނައިޓެޑުން ވަނީ ލިވަޕޫން ތައިލެންޑް ސެންޓީނަރީ ކަޕް ކާމިޔާބުކޮށްފައެވެ. ތައިލެންޑްގެ ރަޖަމަންގާލާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ 4-0 ންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޖެހީ ޖޯޑަން ސަަންޗޯއެވެ. ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ފްރެޑް ޖެހިއިރު، އޭގެ ތިން މިނެޓު ފަހުން އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖަހާފައެވެ. ޔުނައިޓެޑުގެ ފަހު ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ފަކުންޑޯ ޕެލެސްޓްރީއެވެ.

މި މެޗަކީ މިފަހަރުގެ ޕްރީ ސީޒަންގައި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗެވެ. ޕްރީ ސީޒަންގެ ދެވަނަ މެޗު ޔުނައިޓެޑުން ކުޅޭނީ އޮސްޓްރޭލިއާގައެވެ. ލިވަޕޫލުން އެ ޓީމުގެ ދެ ވަނަ މެޗު ކުޅޭނީ ހުކުރު ދުވަހު ސިންގަޕޫރުގައެވެ. އެ މެޗުގައި ލިވަޕޫލުން ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

- ކޮމެންޓް